Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 4:10 - ކިތާބުލް މުޤައްދަސާ

10 މިހެންވެ ފިލިސްޠީނުން ހިތްވަރު ކޮށްފައި ހަނގުރާމަ ކުރިއެވެ. އިސްރާއީލީން ބަލިވެ އެއެންމެން ގެއާ ދިމާއަށް ދުއްވައިގެންފިއެވެ. މިއީ އިސްރާއީލުންނަށް ލިބުނު ވޭންދެނިވި ބަލިވުމެކެވެ. އެމީހުން ގެ ތިރީސް ހާސް ސިފައިން މަރުވެ ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 4:10
19 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އެމީހުން އަބްޝާލޫމްގެ މަސްގަނޑު ގެންގޮސް ވަލުތެރޭގައި ހުރި ވަޅަކަށް ވައްޓާލައި ވަޅަށް ގާއަޅައި ފަސްލައިފިއެވެ. ދެން އަބްޝާލޫމްއާއެކު އައި އެންމެން ފިލައިގެން ރަށަށް ހިނގައްޖެއެވެ.


ދާއޫދުގެފާނުގެ ލަޝްކަރު އިސްރާއީލީން ބަލި ކޮށްލައިފިއެވެ. އެދުވަހު އެމީހުންގެ ވިހިހާސް މީހުން މަރުވިއެވެ.


ދެން ރަސްގެފާނު ރަށުގެ ބޮޑު ދޮރޯށި ދޮށަށް ވަޑައިގެން ގޮނޑިކޮޅުގައި އިށީދެވަޑައިގެންފިއެވެ. ރަސްގެފާނު ދޮރާށި ދޮށުގައި އިންނެވި ޚަބަރު ލިބިގެން ހުރިހާ އެންމެން ރަސްގެފާނު ފައިންޕުޅުދެކެން އަންނަން ފަށައިފިއެވެ. އޭރު އަބްޝާލޫމްއާއެކު ހަނގުރާމައަށް އައި އިސްރާއީލުގެ އެންމެން ވަނީ ދުވެ ފިލާފައެވެ. އެމީހުން ގޭގެއަށް އެނބުރި ހިނގައްޖެއެވެ.


އެތަނުގައި ބިކްރީގެދަރި ޝަބަޢަ ހުއްޓެވެ. އޭނާ އަކީ ވަރަށް ނުބައި މީހެކެވެ. މި ޝަބަޢަ އަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެކެވެ. ޝަބަޢަ އޭނާގެ މީހުން އެއްތަން ކުރުމަށް ތާޅަފިލި ފުމެލައިފިއެވެ. އޭނާ ބުންޏެވެ. ”⁠އަހަރެމެންނަކާ ދާއޫދުއަކާ ވާކަމެއް ނެތް. އަހަރެމެންނަކާ ޔައްސާގެ ދަރިޔަކާ ވެސް ގުޅުމެއް ނެތް. އެންމެން ހިނގާ ގެޔަށް ދާން.⁠“


”⁠ތިމަންކަލާނގެ ދާދި އަވަހަށް އިސްރާއީލުގެ މީހުން ސިހޭ ވަރުގެ ކަމެއް ކުރައްވާނަން.


ފިލިސްޠީނުން ބަނީ އިސްރާއީލުންނާ ހަމަލަ ދިނުމަށް ތައްޔާރުވުމާއެކު ހަނގުރާމަ ފެށިއްޖެއެވެ. ފިލިސްޠީނުން އިސްރާއީލުގެ ހަތަރުހާސް ސިފައިން މަރާލައި ހަނގުރާމަ ފަތަޙަ ކޮށްފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ