6 އެހެންކަމުން ޝާއުލްގެފާނާއި އެކަލޭގެފާނުގެ ތިން ދަރިންނާއި އެކަލޭގެފާނުގެ ހަތިޔާރު އުފުލާ މީހާއާއި އަދި އެކަލޭގެފާނާއި އެކުގައި ތިބި އެންމެން އެކަށް އެދުވަހު މަރުވެ ދިޔައެވެ.
ޝާއުލްގެފާނު އަވަހާރަވި ފަހުން ދާއޫދު ޢަމާލިޤީން ފައްސާލާފައި ޖިލްޖާއަށް އަތުވެއްޖެއެވެ. އޭނާ ދެ ދުވަސް ވަންދެން ޞިޤްލަޣުގައި ހުރެއްޖެއެވެ.
ޝާއުލްގެފާނާއި ޔޫނަތައިންއާއި މާތްރަސްކަލާނގެ ލަޝްކަރުގެ ގިނަ ބަޔަކާއި އިސްރާއީލުގެ ޤައުމުގެ އެތައްބަޔަކު މަރުވެ އެލިބުނު ބޮޑު ގެއްލުމާމެދު ހިތާމަކޮށް ރޮއި ދާއޫދުގެފާނާއި ދެންތިބި އެންމެން އެދުވަހު އިރު އޮއްސެންދެން ރޯދައަށް ތިބެއްޖެއެވެ.
ދެން އެންމެން ޖިލްޖާލަށް ގޮސް މާތްރަސްކަލާނގެ ޙަޟްރަތުގައި އެރަށުގެ ރަސްކަމަށް ޝާއުލް އިސްކޮށްފި އެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ގުޅުން ބަދަހި ކުރާ ޤުރުބާނީ ވެދުން ހުށަހަޅައި އިސްރާއީލުގެ އެންމެންނާއި ޝާއުލް އުފާ ފާޅުކުރަމުން ގެންދިޔައެވެ.
މިއީ ގޮވާން ކަނޑާ ހޫނު މޫސުން ނޫންތަ؟ ގުގުރައި ވިއްސާރަވުން އެދި މާތްރަސްކަލާނގެ ކިބަފުޅަށް އަހަރެން ދުޢާ ދަންނަވާނަން. ދެން ކަލޭމެންނަށް އެނގޭނެ ރަސްކަލަކު ކަލޭމެންގެ މައްޗަށް އިސްކުރީ ކަލޭމެން ގޯހުން ކުރި ކަމެއް ކަން.“
އެކަމަކު ކަލޭމެން ވިޔާނުދާ ކަންތައް ކުރަމުން ގެންދާނަމަ ކަލޭމެންނާއި އެކު ކަލޭމެންގެ ރަސްގެފާނު ވެސް މާތްރަސްކަލާނގެ ނައްތަވައި ލައްވާނެ.“
ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީބުނަން، އެކަލޭގެފާނާމެދު ނިންމަވާނެ ގޮތެއް އެކަލާނގެ ނިންމަވާފާނެ. އެކަލޭގެފާނުގެ މުސްކުޅި އުމުރުފުޅުގައި ނުވަތަ ހަނގުރާމައެއްގައި ނަމަވެސް އަވަހާރަ ވެދާނެ.
މާތްރަސްކަލާނގެ ކަލޭގެފާނާއި އިސްރާއީލީން ފިލިސްޠީނުންނާ ހަވާލު ކުރައްވާނެ. އަދި ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިންތައް މާދަމާ ވާހުށީ އަޅުގަނޑާއެކު. މާތްރަސްކަލާނގެ އިސްރާއީލުންގެ އެންމެހާ ސިފައިން ވެސް ފިލިސްޠީނުންނާއި ހަވާލު ކުރައްވާނެ.“
އެކަލޭގެފާނު އަވަހާރަވީތަން ފެނުމުން ހަތިޔާރު އުފުލާމީހާ ވެސް އެގޮތުގެ މަތިން ކަންތައް ކޮށް އޭނާ ވެސް އެކަލޭގެފާނާއެކު މަރުވެއްޖެއެވެ.
އުރުދުން ކޯރުގެ އަނެއްފަރާތުގައި އާއި ވާދީގެ ތެރޭގައި ތިބި މީހުންނަށް ޝާއުލްގެފާނާއި އެކަލޭގެފާނުގެ ދަރިންތައް މަރުވެ އިސްރާއީލީންގެ ލަޝްކަރު ފިލަންދާތަން ފެނުމުން އެމީހުންގެ އަވަށްތައް ދޫކޮށް ގޮސް ފިލައިފިއެވެ. ދެން ފިލިސްޠީނުން އައިސް އިސްރާއީލީންގެ އަވަށްތަކަށް ވެރިވެގެންފިއެވެ.