1 ޞަމޫއީލް 31:2 - ކިތާބުލް މުޤައްދަސާ2 އެމީހުން ޝާއުލްގެފާނާއި އެކަލޭގެފާނުގެ ދަރިންގެ ފަހަތުން ގޮސް ގަދަޔަށް ހަނގުރާމަކޮށް އެކަލޭގެފާނުގެ ތިން ދަރިން ކަމަށްވާ ޔޫނަތައިންއާއި އަބީނާދާބު އާއި މަލްކިޝޫޢު މަރާލައިފިއެވެ. အခန်းကိုကြည့်ပါ။ |
ކަލޭމެން އަހަރެން ނޫން ފަރާތަކަށް ސަޖިދަ ޖަހައިގެން ނުވާނެ. ކަލޭމެން އެހެން ފަރާތަކަށް އަޅުކަން ކޮށްގެން ނުވާނެ. އެހެނީ އަހަރެންނަކީ ކަލޭމެންގެ އިލާހު، މާތްރަސްކަލާނގެ. ކަލޭމެން އަހަންނަށް ފުރިހަމައަށް އިޚްލާސްތެރި ވާން ވާނެ. ކަލޭމެންގެ މައިންބަފައިންގެ ފާފައިގެ އަސަރު އެމީހުންގެ ދަރިންގެ މައްޗަށް ވެސް އަހަރެން ފޯރުވާނަން. އެކަމުގެ ސަބަބުން މުޅި އާއިލާއަށް އޭގެ އަސަރު ފޯރައިގެންދާނެ. އަހަރެންނާމެދު ނަފްރަތުވާ މީހެއްގެ ދަރިންނާއި އެދަރިންގެ ތިން ދަރިކޮޅު ހަތަރު ދަރިކޮޅަށް ދާނދެން އެކަމުގެ އަސަރު ފޯރާނެ.
ޝާއުލްގެފާނު އިސްރާއީލީންގެ ތިންހާސް މީހުން ހޮއްވަވައި އޭގެ ތެރޭން ދެ ހާސް މީހުން އެކަލޭގެފާނާ އެކު ބައިތުއީލް ފަރުބަދަމަތީ ރަށެއް ކަމަށްވާ މިޚްމާސް އަށް ގެންދެވިއެވެ. އަދި އެއްހާސް މީހުން ބަންޔާމީންގެ ސަރަހައްދުގައި އޮންނަ ޖިބްޢައަށް ދަރިކަލުން ޔޫނަތައިންގެ ގާތަށް ފޮނުއްވިއެވެ. ފައުޖުގައި ބާކީ ތިބި މީހުން އެމީހުންގެ ގޭގެއަށް ފޮނުއްވިއެވެ.