1 ޞަމޫއީލް 31:1 - ކިތާބުލް މުޤައްދަސާ1 ފިލިސްޠީނުންނާއި އިސްރާއީލީންގެ ދެމެދު ހަނގުރާމަ ހިނގަމުން ދަނީއެވެ. އޭރު އިސްރާއީލީން ފިލަން ދުވަމުން ދެއެވެ. ފިލިސްޠީނުން ޖިލްބޫއަ ފަރުބަދައިގެ މަތީގައި އެމީހުން ފަހައި މަރައި ވައްޓަމުން ދެއެވެ. အခန်းကိုကြည့်ပါ။ |
(އޭރު ޝާއުލްގެފާނުގެ ދަރިކަލުން ޔޫނަތައިންގެ ފިރިހެންދަރިއަކު ހުރެއެވެ. މި ކުއްޖާގެ އުމުރުން ފަސް އަހަރުން ފެށިގެން މިކުއްޖާއަކީ ނުކުޅެދޭ ކުއްޖެކެވެ. މިކަން މިހެން ދިމާވީ ޔަޒްރަޢީލުގައި ޝާއުލްގެފާނާއި ޔޫނަތައިން އަވަހާރަވީ ޚަބަރު ލިބުމުން އެކުއްޖާ ބަލަހައްޓާ އާޔާ އެކުއްޖާ ކިހިލިޖަހައިގެން ދުއްވައިގަތުމުން އެ ކުއްޖާ ވެއްޓި ދެ ފަޔަށް އަނިޔާވެ ނުކުޅެދޭ ކުއްޖަކަށް ވީއެވެ. މި ކުއްޖާގެ ނަމަކީ މަފީބޫޝަތު އެވެ.)
ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”ކަލޭގެފާނު އަހަރެން ގެނެސް ތިޔަ ދުއްޕާން ކުރަނީ ކީއްވެ؟“ ”އަޅުގަނޑު މިއުޅެނީ ހަދާނެ ގޮތް ބޮޑުވެގެން.“ ޝާއުލްގެފާނު ދެންނެވިއެވެ. ”ފިލިސްޠީނުން އަޅުގަނޑާ ހަނގުރާމައަށް އައިސް އެބަތިބި. މާތްކަލާނގެ އަޅުގަނޑު ދޫކޮށް ލައްވައިފި. އެއްވެސް ނަބީއަކު މެދުވެރިވެގެން ވެސް އިލްހާމަކުން ވެސް ޖަވާބެއް ނުލިބޭ. ކަލޭގެފާނަށް މި ދެންނެވީ ހަދަންވީ ގޮތެއް އޮޅުންފިލުވުމަށް.“