Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 30:8 - ކިތާބުލް މުޤައްދަސާ

8 ދާއޫދު މާތް ރަސް ކަލާނގެއަށް ދެންނެވިއެވެ. ”⁠މިރަށަށް އަރައިގަތް މީހުންގެ ފަހަތުން އަޅުގަނޑު ދާންވީތޯ؟ އެމީހުންގެ މައްޗަށް އަޅުގަނޑަށް ގަދަކަން ލިބޭނެ ތޯ؟⁠“ ”⁠އެމީހުން ފަހަތުން ދޭ!⁠“ މާތްރަސްކަލާނގެ ޖަވާބު ދެއްވިއެވެ. ”⁠ކަލެއަށް އެމީހުން އަތުލައިގަނެވި އެމީހުން ގެންދިޔަ ތަކެތި އަނބުރާ ލިބޭނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 30:8
21 ပူးပေါင်းရင်းမြစ်များ  

ދާއޫދުގެފާނު މާތްރަސްކަލާނގެ ޙަޟްރަތުގައި ސުވާލު ދެންނެވިއެވެ. ”⁠މިއަޅާ ފިލިސްޠީނީންނާ ހަނގުރާމަށް ދާންވީތޯ؟ ފިލިސްޠީނީން ބަލި ކުރުމަށް އިނބަރަސްކަލާނގެ މިއަޅާއަށް ވާގިވެރިވެ ވޮޑިގަންނަވާނަންތޯ؟⁠“ މާތްރަސްކަލާނގެ ދާއޫދުގެފާނަށް ޖަވާބު ދެއްވިއެވެ. ”⁠ތިމަންކަލާނގެ ކަލޭގެފާނު ފިލިސްޠީނީންގެ މައްޗަށް ބާރުވެރި ކޮށް ކަލޭގެފާނަށް އެހީތެރިވާނެ ކަމުގެ ޔަޤީންކަން ދެން.⁠“


މިވާހަކަ ދާއޫދުގެފާނު މާތްރަސްކަލާނގެއަށް ދެންނެވުމުން އެކަލާނގެ ދާއޫދުގެފާނަށް އެންގެވިއެވެ. ”⁠އެތަނަށް ނުދޭ. ފިލިސްޠީނުންގެ ފައުޖުގެ ފުރަގަހުން ގޮސް ބަލްސާން ގަސްތަކުގެ ކުރިމަތިން ހަމަލަ ދީ.


އަދާވާތްތެރިޔާ ބުނި. ’⁠އަހަރެން އެމީހުން ފަހައިގޮސް އަތުލާނަން. އަހަރެން އެމީހުންގެ މުދާތައް ބަހައިލާނަން. އަހަރެން ބޭނުން އެއްޗެއް ދަމައިގަންނާނަން. އަހަރެންގެ ކަނޑީގެ ބާރުގައި އެހުރިހާ އެއްޗެއް ފޭރިގަންނާނަން.⁠‘


ދެން އެމީހުން މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠އެ މީހާ މިތާނގައި ނެތީތޯ؟⁠“ އެކަލާނގެ އެންގެވިއެވެ. ”⁠އޭނާ ފޮށިތަންމަތިތަކުގެ ތެރޭ ފިލާ އެބައޮތް.⁠“


އެހެންވެ ޝާއުލްގެފާނު މާތްކަލާނގެ ކިބަފުޅަށް ދަންނަވައިފިއެވެ. ”⁠އަޅަމެން ފިލިސްޠީނުންނާ ދެކޮޅަށް ނުކުންނަންވީތޯ؟ އޭރުން އަޅަމެންނަށް ނަސްރު ދެއްވާނަންތޯ؟⁠“ އެހެންނަމަވެސް އެކަލާނގެ އެއްވެސް ޖަވާބެއް ނުދެއްވިއެވެ.


ދާއޫދު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠މިއަޅާ ގޮސް ފިލިސްޠީނުންނަށް ހަމަލަ ދޭންވީތޯ.⁠“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ގޮސް ފިލިސްޠީނުންގެ އަތްދަށުން ޤަޢީލާ ސަލާމަތް ކޮށްދީ.⁠“


ދާއޫދު އަނެއްފަހަރު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠ޤަޢީލާއަށް ގޮސް ފިލިސްޠީނުންނަށް ހަމަލަދީ. ތިމަންކަލާނގެ ކަލޭމެންނަށް ނަސްރު ދޭނަން.⁠“


އެކަލޭގެފާނު މާތްރަސްކަލާނގެއަށް ދުޢާ ކުރެއްވުމުން ވެސް އިލްހާމެއް ވިޔަސް ނަބީއެއް ވިޔަސް އޫރީމުގެ ޖަވާބެއް ވެސް ނައައެވެ.


ޢަމާލިޤީން އަތުލައިގަތް ހުރިހާ އެއްޗެއް ދާއޫދަށް އަނބުރާ ލިބިއްޖެއެވެ. އޭގެ ތެރޭގައި އޭނާގެ ދެ އަނބިން ވެސް ހިމެނެއެވެ.


ކުޑަޔަކަސް ބޮޑަކަސް އެކައްޗެއް ވެސް މަދެއް ނުވެއެވެ. ދާއޫދު އެހުރިހާ އެއްޗެއް އަނބުރާ ގެންގޮސްފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ