1 ޞަމޫއީލް 30:26 - ކިތާބުލް މުޤައްދަސާ26 އެމީހުން ޞިޤްލަޣަށް އައިސްފައި އަތުލައިގަތް މުދަލުން ބައެއް އޭނާގެ އެކުވެރި ޔަހޫޛާގެ ބޮޑުންނަށް ފޮނުވިއެވެ. ”މިއީ މާތްރަސްކަލާނގެ އަދާވާތްތެރިންގެ އަތުން އަތުލައި ގަނެވުނު ތަކެތިން ފޮނުވާ ހަދިޔާއެއް.“ ދާއޫދު ބުންޏެވެ. အခန်းကိုကြည့်ပါ။ |
ޝާއުލްގެފާނު ދާއޫދަށް ވިދާޅުވިއެވެ. ”މިހިރީ އަހަރެންގެ ދޮށީ ދަރިފުޅު މައިރަބު. ކަލޭ ކައިވެނި ކުރުމަށް އޭނާ ދޭން މިއުޅެނީ. އަހަރެން ކަލޭގެ ކިބައިން ބޭނުން ވާހާ ވެސް ކަމަކީ މާތްކަލާގެއަށް ޓަކައި ކުރަންޖެހޭ ހަނގުރާމަތައް ހިތްވަރާއެކު ކަލޭ ކޮށްދިނުން.“ މިއީ ޝާއުލްގެފާނުގެ ރޭއްވެވުމެކެވެ. އެކަލޭގެފާނު ހިތްޕުޅުގައި އޮތީ މިހެންނެވެ. ”އަހަރެންގެ އަތުން މީނާ މަރައެއް ނުލާނަން. އެކަންތައް ކުރުވާނީ ފިލިސްޠީނުން ލައްވާ.“