24 ކަލޭމެން ތިޔަހެން ބުނީމާ ތިޔަ ވާހަކަ އަހާނީ ކާކު؟ އަހަރެމެންގެ ތަކެތި ބަލަހައްޓައިގެން ތިބި މީހުންނަށް ވެސް ހަނގުރާމައަށް ދިޔަ މީހުންނެކޭ އެއްގޮތަށް ބައި އަޅަން ޖެހޭނެ.“
އަދި އެއާއެކު އެކިކަހަލަ މުސީބާތުގައި ތިބި މީހުންނާއި ދަރަނިވެރިންނާއި އެކި ކަންކަމާ ހެދި ހިތްހަމަ ނުޖެހިފައި ތިބި މީހުން ދާއޫދުގެ ގާތަށް އަތުވެއްޖެއެވެ. އަދި ދާއޫދު މިމީހުންގެ ވެރިއަކަށް ހަދައިފިއެވެ. މި މީހުންގެ އަދަދު ހަތަރު ސަތޭކަ އަށް އަރައެވެ.
ދާއޫދުގެ މީހުން ގާތު އޭނާ ބުންޏެވެ. ”ހޭވައްލާ ތައްޔާރު! ކަނޑިތައް މަހާލާ!“ ދެން އެމީހުން ދާއޫދު އެންގި ގޮތަށް ކަންތައް ކޮށްފިއެވެ. ދާއޫދު ވެސް ކަނޑި މަހާލިއެވެ. ދެން ހަތަރު ސަތޭކަ ސިފައިން ދާއޫދާއެކު ނުކުމެއްޖެއެވެ. ދުއިސައްތަ މީހުން ކާބޯތަކެއްޗާއި މުދާތައް ބަލަހައްޓަން ތިއްބެވެ.
ދާއޫދު ޖަވާބު ދިނެވެ. ”އެކުވެރިންނޭވެ! މާތްރަސްކަލާނގެ އަހަރެމެންނަށް ދެއްވި ތަކެއްޗާ މެދު ތިޔަހެން ހަދައިގެން ނުވާނެ. އެކަލާނގެ ވަނީ އަހަރެމެންނަށް ސަލާމަތް ކަން ދެއްވައި އަހަރެމެންގެ ރަށްތަކަށް އަރައި ހަމަލަ ދިން މީހުން އަހަރެމެންގެ އަތްދަށަށް ގެނެސް ދެއްވާފައި.
މި އުސޫލު އިސްރާއީލުގައި މި ލިއުނު ދުވަސްވަރާ ހަމަޔަށް ވެސް ގާއިމު ވެފައި އޮތެވެ.