18 ޢަމާލިޤީން އަތުލައިގަތް ހުރިހާ އެއްޗެއް ދާއޫދަށް އަނބުރާ ލިބިއްޖެއެވެ. އޭގެ ތެރޭގައި އޭނާގެ ދެ އަނބިން ވެސް ހިމެނެއެވެ.
ދާއޫދު މާތް ރަސް ކަލާނގެއަށް ދެންނެވިއެވެ. ”މިރަށަށް އަރައިގަތް މީހުންގެ ފަހަތުން އަޅުގަނޑު ދާންވީތޯ؟ އެމީހުންގެ މައްޗަށް އަޅުގަނޑަށް ގަދަކަން ލިބޭނެ ތޯ؟“ ”އެމީހުން ފަހަތުން ދޭ!“ މާތްރަސްކަލާނގެ ޖަވާބު ދެއްވިއެވެ. ”ކަލެއަށް އެމީހުން އަތުލައިގަނެވި އެމީހުން ގެންދިޔަ ތަކެތި އަނބުރާ ލިބޭނެ.“