Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 30:16 - ކިތާބުލް މުޤައްދަސާ

16 ދެން އޭނާ ދާއޫދު ގޮވައިގެން އެމީހުން ތިބިތަނަށް ހިނގައްޖެއެވެ. އޭރު އެމީހުން ތިބީ ފިލިސްޠީނުންނާއި ޔަހޫޛާގެ މީހުންގެ އަތުން އަތުލައިގަތް ތަކެތި ގިނަކަމުން އެކަމުގެ އުފާފާޅުކޮށް ނަށަން، ކައި ބޮއި ހަދަން ރަށުގެ އެތަން މިތަނުގައި ހާވިޔާ ވެފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 30:16
22 ပူးပေါင်းရင်းမြစ်များ  

ދެން އަބްޝާލޫމް އޭނާގެ ޚާދިމުންނަށް އެންގިއެވެ. ”⁠ހުޝިޔާރުވެ އަމްނޫނަށް ބަލަންތިބޭތި. އޭނާ މަސްތުވީމާ އަހަރެން އަންގާލާނަން. ދެން ކަލޭމެން ގޮސް އަމްނޫނަށް ހަމަލަދީ މަރާލާ. ކަލޭމެން ކުރަނީ އަހަރެން އެންގި ކަމެއް. ކަލޭމެންނަށް އެކަމުގެ އަދަބު ލިބިދާނެތީ ބިރެއް ގަންނާނެ ކަމެއްނެތް. ހިތްވަރުގަދަ ފަހުލަވާނުންގެ ގޮތުގައި ކަންތައް ކުރޭ!⁠“


އޭގެ އަނެއް ދުވަހު ފަތިހާ މީހުން ތެދުވެގެން މި ގެރިއަށް އަންދައި ކުރާ ޤުރުބާނީއާއި ގުޅުންބަދަހި ކުރުމުގެ ޤުރުބާނީ ހުށަހަޅަން އަތުވެއްޖެއެވެ. އެމީހުން އައިސް ޢީދު ފާހަގަކޮށް ޖާފަތް ހަދައި ބުއިންތައް ބޮއެ ހުރިހާ ބާވަތެއްގެ ހަޑިހުތުރު ފާހިޝް ކަންތަކެއް ކުރަން ފަށައިފިއެވެ.


އެ ހިނދު ދުނިޔޭގެ މީސްތަކުން މިފަދައިން ބުނާނެއެވެ. ”⁠އަހަރެމެން ސުލްޙައިގައި ވަމެވެ. އަދި އަހަރެމެން ސަލާމަތުން ވަމެވެ.⁠“ އެހެނަސް އެބައިމީހުންގެ މައްޗަށް ހަލާކު ކުރިމަތި ވެދެއެވެ. މިފަދައިން ކަންތައްތައް ވާނީ ނުހަނު އަވަހަށެވެ. އެއީ މާބަނޑު އަންހެނަކު ދަރިއަކު ވިހެއުމުގައި އަޅާ ވޭންވަރު ފަދައިން ހިނގާނެ ކަމެކެވެ. އެބައިމީހުންނަށް ސަލާމަތެއް ނެތެވެ.


އަހަރެމެން މިއައީ ކަރީތީންގެ ދެކުނުން އޮންނަ ޔަހޫޛާގެ ބިމަށާއި ކާލިބުގެ ދެކުނު އަވަށަށް ހަމަލާ ދީފައި. އަދި އަހަރެމެން ޞިޤްލަޣު ވެސް އަންދާލިން.⁠“


”⁠ތިޔަ ބައިގަނޑުގެ މީހުންގެ ގާތަށް އަހަރެން ގެންގޮސް ފާނަންތަ؟⁠“ ދާއޫދު ބުންޏެވެ. އެ ޒުވާނާ ބުންޏެވެ. ”⁠ކަލޭ އަހަރެން މަރާ ނުލަން ކަމަށާއި އަހަރެންގެ ސާހިބަށް އަނބުރާ އަހަރެން ނުދޭން ކަމަށް މާތްކަލާނގެ ގަންދީ ހުވާ ކުރީމާ އެމީހުން ތިބި ތަނަށް ގެންގޮސް ފާނަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ