10 އޭރު އެ އަޑިގަނޑު ހުރަސް ކުރެވޭ ވަރަށް ވުރެން ވަރުދެރަ ދުއިސައްތަ މީހުން ތިއްބެވެ. އެހެންކަމުން ދާއޫދު ދަތުރު ކުރިޔަށް ދިޔައީ ހަތަރުސަތޭކަ މީހުންނާ އެކުގައެވެ.
ދެން ޝާއުލްގެފާނު އަރިހުގައި ތިބި ލަޝްކަރު ރުކުރުވާލައި ހަނގުރާމައަށް ނުކުމެއްޖެއެވެ. އޭރު ފިލިސްޠީނުންގެ ލަޝްކަރަށް އޮޅުން އަރާފައިވާ ވަރުން އެމީހުންގެ ކަނޑިތަކުން އެކަކު އަނެކަކަށް ވެސް ހަމަލަ ދެމުން ގެންދެއެވެ.
އެދުވަހު އިސްރާއީލީން ފިލިސްޠީނުންނާ މިޚްމާސްއާއި އައްޔަލޫންއާ ދެމެދު ގަދަފަދައަށް ހަނގުރާމަކޮށް އެމީހުން ވަނީ ބަޑުހައިވެ ވަރުދެރަ ވެފައެވެ.
އެމީހުން ދިޔަ މަގުމަތީގައި މިޞްރު މީހަކާ ދަނޑުމަތިން ދިމާވެއްޖެ އެވެ. އެމީހުން އޭނާއަށް ކާނެ ރޮއްޓާއި ބޯނެ ފެން ދީފިއެވެ.
ދާއޫދު އައިސް ވަރުބަލިވެގެން ހަނގުރާމައަށް ނުދެވި ތިބި މީހުންނާ ބަސޫރުގެ ވާދީތެރޭން ބައްދަލު ވެއްޖެއެވެ. އެމީހުން އައިސް ދާއޫދާއި ދެންތިބި މީހުންނާ ބައްދަލު ކޮށްފިއެވެ. އަދި އެމީހުންނާއި ދާއޫދު ސަލާންގަލާން ކުރިއެވެ.
އެހެންވެ ދާއޫދާއި އޭނާގެ ހަ ސަތޭކަ މީހުން ދަތުރަށް ނުކުމެއްޖެއެވެ. އެމީހުން ބަސޫރުގެ ފުން އަޑިގަނޑާ ހަމައަށް ހިނގައްޖެއެވެ.