Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 3:6 - ކިތާބުލް މުޤައްދަސާ

6 ދެވަނަ ފަހަރު މާތްރަސްކަލާނގެ ޞަމޫއީލަށް ގޮވާލެއްވިއެވެ. ޞަމޫއީލް ދުވެފައި ޢާލީގެ ގާތަށް ހިނގައްޖެއެވެ. ”⁠އަޅުގަނޑަށް ގޮވާލެއްވީމާ މިއައީ.⁠“ ”⁠ދަރިފުޅާ. އަހަރެން ކަލެއަކަށް ނުގޮވަން. ދޭ ނިދަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 3:6
6 ပူးပေါင်းရင်းမြစ်များ  

ޔޫސުފުގެފާނު އެކަލޭގެފާނާއި އެއްބަނޑު ކޮއްކޮ ބަންޔާމީންއަށް ބައްލަވާލައްވައި މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން އަހަރެންގެ ގާތު ބުނި ތިޔަބައިމީހުންގެ އެންމެ ހަގު ކޮއްކޮ އަކީ މިއީތަ؟⁠“ އެއަށް ފަހު އެކަލޭގެފާނު ބެންޔާމީނަށް ވިދާޅުވިއެވެ. ”⁠ދަރިފުޅާ! މާތްކަލާނގެ ތިޔަ ދަރިކަލުންނަށް ރަޙުމަތްލާވާށި!⁠“


އެކަމަކު އަޚީމައަސް އަނެއްކާވެސް ޔުއާބަށް އާދޭސް ކުރިއެވެ. ”⁠ކޮންމެ ގޮތެއް ވިޔަސް ހެޔޮ. އިތިއޮޕިޔާ އަޅުކަލޭގެ ފަހަތުން އަހަރެން ވެސް ދިޔަދީ.⁠“ ޔުއާބު ބުންޏެވެ. ”⁠ކޮއިފުޅާ، ކަލޭ ކީއްވެ އެ ޚަބަރާއިގެން ދާން ތިޔަހާވަރަކުން ތިޔަ އުޅެނީ؟ އެ ޚަބަރު ގެންދިޔައަކަސް ކަލެއަށް ލިބޭނެ އިނާމެއް ނޯންނާނެ.⁠“


އެ ވަގުތު ބަޔަކު މީހުން ވާބަލި ޖެހިފައިވާ މީހަކު އަށިގަނޑަކަށް ލައިގެން އީސާގެފާނުގެ އަރިހަށް ގެނައެވެ. އެބައިމީހުންގެ އީމާންތެރިކަން އީސާގެފާނަށް ފެނިވަޑައިގެންނެވި ހިނދު، އެ ބަލި މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅާ. ހިތްވަރުކުރޭ! ތިބާގެ ފާފަތައް ފޮހެވިއްޖެ!⁠“


ދެން ޞަމޫއީލް ދުވެފައި ޢާލީގެ ކޮޓަރިއަށް ދިޔައެވެ. ”⁠އަޅުގަނޑަށް ގޮވާލެއްވީމާ އައިސް މިހިރީ.⁠“ ޢާލީ ޖަވާބުގައި ބުންޏެވެ. ”⁠އަހަރެން ކަލެއަކަށް ނުގޮވަން. ދޭ، ގޮސް އޮށޯވޭ.⁠“ މިހެން ބުނުމުން އޭނާގޮސް އޮށޯވެއްޖެއެވެ.


ޞަމޫއީލަށް މިހާތަނަށް މާތްރަސްކަލާނގެއާ ގާތް ގުޅުމެއް އުފެދިފައެއް ނުވެއެވެ. އަދި މާތްރަސްކަލާނގެ އޭނާއަށް ބަސްފުޅު ވަޙީ ކުރައްވާފައެއް ވެސް ނުވެއެވެ.


”⁠އަހަރެން މީ ހަނގުރާމައިގެ މައިދާނުން މިއަދު ފިލައިގެން އައިމީހެއް.⁠“ ޢާލީ ސުވާލު ކުރިއެވެ. ”⁠ދަރިފުޅާ، ވީ ކީއްތަ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ