4 އެވަގުތު ޞަމޫއީލަށް މާތްރަސްކަލާނގެ ގޮވާލެއްވިއެވެ. ޞަމޫއީލް ޖަވާބު ދެންނެވިއެވެ. ”އަޅުގަނޑު ހާޒިރުވެ ހުރިން.“
މި ހިނގާދިޔަ ކަންތައްތަކަށް ފަހު މާތްކަލާނގެ އިބްރާހީމްގެފާނުގެ އީމާންތެރިކަމާއި ކިޔަމަންތެރިކަން އިމްތިޙާނު ކުރެއްވުމުގެ ގޮތުން އިބްރާހީމްގެފާނަށް ވަޙީ ކުރެއްވިއެވެ. ”އިބްރާހީމް.“ އެ ހިނދު އިބްރާހީމްގެފާނު ޖަވާބު ދެއްވިއެވެ. ”މާތްރަސްކަލާކޯ. އަޅާ ޙާޟިރުވެ ހުރީމު.“
ނަމަވެސް އެކަލޭގެފާނަށް މާތްރަސްކަލާނގެ މަލާއިކަތާ އުޑުން ގޮވާލެއްވިއެވެ. ”އިބްރާހީމް! އިބްރާހީމް!“ އިބްރާހީމްގެފާނު ޖަވާބުދެއްވިއެވެ. ”އަޅާ ޙާޟިރުވެ އެބަ ހުރީމު!“
މޫސާގެފާނު ކައިރިއަށް ވަޑައިގަންނަވާތަން މާތްރަސްކަލާނގެއަށް ފެނިވޮޑިގަތުމުން އެ ގަސްގަނޑު ތެރޭން ވަޙީ ކުރެއްވިއެވެ. ”މޫސާ! މޫސާ!“ މޫސާގެފާނު ވިދާޅުވިއެވެ. ”އާދެ! އަޅުގަނޑު އެބަހުރިން.“
ޝާއުލް ބިންމައްޗަށް ވެއްޓުނެވެ. ދެން އޭނާއަށް އިވުނީ މިހެން ބުނާ އަޑެވެ. ”ޝާއުލް، ޝާއުލް، އަހަންނަށް އަނިޔާ ދިނުމަށް ކަލޭ ތިޔަ އުޅެނީ ކީއްވެ؟“
ދެން ޞަމޫއީލް ދުވެފައި ޢާލީގެ ކޮޓަރިއަށް ދިޔައެވެ. ”އަޅުގަނޑަށް ގޮވާލެއްވީމާ އައިސް މިހިރީ.“ ޢާލީ ޖަވާބުގައި ބުންޏެވެ. ”އަހަރެން ކަލެއަކަށް ނުގޮވަން. ދޭ، ގޮސް އޮށޯވޭ.“ މިހެން ބުނުމުން އޭނާގޮސް އޮށޯވެއްޖެއެވެ.