Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 3:2 - ކިތާބުލް މުޤައްދަސާ

2 ޢާލީ ވަނީ ލޯ އަނދިރިވެ ފެނުން ގެއްލެން ކައިރިވެފައެވެ. އެއްރެއަކު އޭނާގެ ކޮޓަރީގައި ނިދަން އޮށޯވެ އޮތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 3:2
8 ပူးပေါင်းရင်းမြစ်များ  

އިސްޙާޤުގެފާނު މުސްކުޅިފުޅުވެ ލޯފުޅުގެ ފެނުން ވަނީ ބަލިކަށިވެފައެވެ. އެހެންވެ އެކަލޭގެފާނުގެ ލޯފުޅަށް ސާފުކޮށެއް ފެނިވަޑައެއް ނުގަންނަވައެވެ. އެއްދުވަހަކު އެކަލޭގެފާނުގެ ދޮށީ ދަރިކަލުން ޢީސޫއަށް ”⁠މަގޭ ދަރިފުޅާ⁠“ އޭ ވިދާޅުވެ ގޮވާލެއްވިއެވެ. އެ ހިނދު ޢީސޫ އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠އާދެ، ބައްޕާފުޅާ، އަޅުގަނޑު ބައްޕާފުޅަށް ކޮށްދޭންވީ ކޮންކަމެއްތޯ؟⁠“


މި ހިނދު އިސްރާއީލުގެފާނު ދުވަސްވެ ޢަޖޫޒު ވެފައި ވުމުގެ ސަބަބުން އެކަލޭގެފާނުގެ ލޯފުޅަށް ސާފުކޮށް ފެނިވަޑައެއް ނުގަންނަވައެވެ. ވީމާ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެ ދަރިން އިސްރާއީލުގެފާނުގެ އަރިހަށް ކައިރިއަށް ގެންދެވިއެވެ. އަދި އިސްރާއީލުގެފާނު އެ ދެކުދިންގެ ގައިކޮޅުގައި ބޮސްދެއްވުމަށް ފަހު އެ ކުދިންގެ ގައިގައި ބައްދަވާ ލެއްވިއެވެ.


އެހެނަސް އެކަމާއި އިންކާރު ކުރައްވައި ޔަޢުޤޫބުގެފާނު މިފަދައިން ވިދާޅުވިއެވެ. ”⁠ނޫން ދަރިފުޅާ. ބައްޕަ މިކުރާ ކަންތައް ބައްޕައަށް ރަނގަޅަށް އެނގޭ. މަނައްސާ މަތިވެރިވެ އޭނާއަށް ދަރިފަސްކޮޅެއް ދެއްވާނެ. ނަމަވެސް އޭނާގެ ކޮއްކޮ އަފްރާއިމް އޭނާއަށް ވުރެން މަތިވެރިވެ، އޭނާގެ ދަރިފަސްކޮޅު ގިނަވެ އެ ދަރިފަސްކޮޅަކީ މަތިވެރި ޤައުމެއް ކަމުގައި ވާނެ.⁠“


މިހާރު ޢާލީ ވަނީ މުސްކުޅިވެފަ އެވެ. އޭނާގެ ދަރިން ބަނީއިސްރާއީލުގެ މީހުންނާމެދު ކަންތައް ކުރާ ގޮތާއި، މުޤައްދަސް ފޭލިގެކޮޅު ދޮރުމަތީގައި އުޅޭ މަސައްކަތު އަންހެނުންނާ އެކު ހިންގާ ނަހަމަ ގުޅުމުގެ ވާހަކަ އޭނާގެ ކަންފަތަށް އަރަމުން ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ