15 ޞަމޫއީލް ފަތިސް ވަންދެން އެނދުގައި އޮތެވެ. އޭނާ ތެދުވެ ގެކޮޅުގެ ދޮރު ހުޅުވައިފިއެވެ. އޭނާ ގާތު މާތްރަސްކަލާނގެ ވަޙީ ކުރެއްވި ވާހަކަފުޅު އައިލީ ގާތު ބުނަން އޭނާ ޖެހިލުންވިއެވެ.
އެއްފަހަރަކު ޤުރުބާނީ ވެދުންކުރަން ޝީލޫހަށް ދިޔަ ދަތުރެއްގައި ޤުރުބާނީ ކެއުމުގެ ކަންތައް ނިމުމުން ޙައްނާ އެތަނުން ތެދުވެގެން މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވަން ދިޔައެވެ. އޭރު ޢާލީ އިމާމު އާދައިގެ މަތިން ގެކޮޅުގެ ދޮރުމަތީ ގޮނޑިއެއްގައި އިނެވެ.
މާތްރަސްކަލާނގެ ޞަމޫއީލް ކައިރީ ވޮޑިގެން ހުންނަވައި ވަޙީކުރެއްވިއެވެ. ”ޞަމޫއީލް! ޞަމޫއީލް!“ ޞަމޫއީލް ދެންނެވިއެވެ. ”ވަޙީކުރައްވާ! މިއަޅާ އަޑުއަހަން އެބަހުރިން.“
އެހެނެއް ކަމަކު ޢާލީ ގޮވާލިއެވެ. ”ދަރިފުޅާ ޞަމޫއީލް!“ ޞަމޫއީލް ޖަވާބު ދިނެވެ. ”އާދެ، ސާހިބާ!“