10 މާތްރަސްކަލާނގެ ޞަމޫއީލް ކައިރީ ވޮޑިގެން ހުންނަވައި ވަޙީކުރެއްވިއެވެ. ”ޞަމޫއީލް! ޞަމޫއީލް!“ ޞަމޫއީލް ދެންނެވިއެވެ. ”ވަޙީކުރައްވާ! މިއަޅާ އަޑުއަހަން އެބަހުރިން.“
އަހަރެން މިހިރީ މިހާރު މުސްކުޅިވެ ބޯ ހުދު ވެފައި. ދެން ކަލޭމެންނަށް މަގުދައްކާނީ ކަލޭމެންގެ ރަސްގެފާނު. އަހަރެންގެ ދަރިން ކަލޭމެންނާ އެކުގައި ތިބޭނެ. އަހަރެން ކުޑައިރުއްސުރެން މިހާތަނަށް ކަލޭމެންނަށް މަގު ދައްކައިދެމުން ގެންދިޔައިން.
”ތިމަންކަލާނގެ ދާދި އަވަހަށް އިސްރާއީލުގެ މީހުން ސިހޭ ވަރުގެ ކަމެއް ކުރައްވާނަން.
ޞަމޫއީލް ފަތިސް ވަންދެން އެނދުގައި އޮތެވެ. އޭނާ ތެދުވެ ގެކޮޅުގެ ދޮރު ހުޅުވައިފިއެވެ. އޭނާ ގާތު މާތްރަސްކަލާނގެ ވަޙީ ކުރެއްވި ވާހަކަފުޅު އައިލީ ގާތު ބުނަން އޭނާ ޖެހިލުންވިއެވެ.
ޝީލޫހުގައި މާތްރަސްކަލާނގެ ޞަމޫއީލަށް ފެނިދެނިވެ ވޮޑިގެންނެވިއެވެ. އަދި އެކަލާނގެ ސީދާ ޞަމޫއީލަށް ބަސްފުޅު ވަޙީކުރައްވަމުން ގެންދެވިއެވެ.
ތިންވަނަ ފަހަރު ޞަމޫއީލަށް މާތްރަސްކަލާނގެ ގޮވާލެއްވުމުން ވެސް އޭނާ ދިޔައީ ޢާލީގެ ގާތަށެވެ. ”އަޅުގަނޑު އައިސް މިހިރީ ކަލޭގެފާނު ގޮވާލެއްވީމާ.“ ޢާލީއަށް އެއީ މާތްރަސްކަލާނގެ ގޮވާލައްވަނީކަން އެނގިއްޖެއެވެ.
އޭނާ ބުންޏެވެ. ”ގޮސް އޮށޯވޭ. ކަލެއަށް މާތްރަސްކަލާނގެ އަލުން ގޮވާލައްވައިފި ނަމަ ދަންނަވާ. ’މާތްރަސްކަލާނކޮ! މިއަޅާއަށް ބަސްފުޅު ވަޙީކުރައްވާ! މިއަޅާ އަޑުއަހަން އެބަހުރިން.‘“ ދެން ޞަމޫއީލް ގޮސް ނިދަން އޮށޯވެއްޖެއެވެ.