Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 29:6 - ކިތާބުލް މުޤައްދަސާ

6 އަޚީޝް ރަސްގެފާނު ދާއޫދު ގެންނަވައި ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ގަންދީ ހުވާކޮށްފައި ބުނަން. ކަލޭ އައިއްސުރެ މިހާތަނަކަށް ކަލޭގެ އިތުބާރު ގެއްލޭ ކަހަލަ ކަމެއް ކަލޭގެ ފަރާތަކުން ފެނިފައެއް ނެތް. އަހަރެންގެ ސިފައިންގެ ތެރޭގައި ކަލޭ ގެންދަން އަހަރެން ކިތަންމެހާ ވެސް ބޭނުން. އެކަމަކު ފިލިސްޠީނުންގެ ވެރިން ކަލޭ ގެންދާކަށް ބޭނުމެއްނުވޭ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 29:6
19 ပူးပေါင်းရင်းမြစ်များ  

އަބްރާމް ޖަވާބުގައި ވިދާޅުވިއެވެ. ”⁠އެންމެ ރަނގަޅު. އޭނާއަކީ ތިބާގެ އަޅު އަންހެނެއް. އޭނާ ވަނީ ތިބާގެ ބާރުގެ ދަށުގައި. ތިބާ ބޭނުންގޮތަކަށް އޭނާއާއި މެދު އަމަލު ކުރުމުގެ އިޚުތިޔާރު ތިބާއަށް ލިބިގެންވޭ.⁠“ އޭގެފަހުން ސާރާއީ ހާޖަރާއި މެދު ވަރަށް އަނިޔާވެރިވިއެވެ. ދެން އެންމެފަހުން ހާޖަރު އެގެއިން ނުކުމެ ފިލައިފި އެވެ.


ކަލޭގެފާނަށް އެނގިވަޑައެއް ނުގަންނަވާތޯ ނައިރުގެ ދަރި އަބްނައިރު އެއައީ ކަލޭގެފާނުގެ ކަންތައް ހުރިނެތްގޮތް ބަލަން ކަމެއް؟ އޭނާ އެއައީ ކަލޭގެފާނު ކުރައްވާ ނުކުރައްވާ ކަންތައް ބަލަން.⁠“


މި އުސޫލުން، ތިޔަބައިމީހުންގެ ކިބާގައިވާ އަލިކަން ވެސް މީސްތަކުންނަށް ފެންނަންވާނެ. ތިޔަބައިމީހުންގެ ކިބައިން ފެންނަ ހެޔޮ ޢަމަލުތަކަށްޓަކައި މީސްތަކުން އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅަށް އެބައިމީހުން ޙަމްދުކުރާނެ.⁠“


އީމާންނުވެތިބި އަވަށްޓެރިން ތިޔަބައިމީހުންނީ ވިޔާނުދާ ބައެއް ކަމުގައި ބުނެ ބަދުނާމުކުރާނެއެވެ. ނަމަވެސް ތިޔަބައިމީހުންގެ ހެޔޮ އަމަލު ތައް އެބައިމީހުން ބަލާނެއެވެ. އަދި ޤިޔާމަތް ދުވަހުން މާތްރަސްކަލާނގެ މަތިވެރިކަމާމެދު ސަނާ ކިޔާނެއެވެ.


އަދި ތިޔަބައިމީހުންގެ ޟަމީރުގެ ސާފު ކަމާއެކުގައެވެ. އެހެންވީމާ، ތިޔަބައިމީހުންނާއި ދެކޮޅަށް ނޭދެވޭ ވާހަކަތައް ދައްކަމުން ދާ ބަޔަކުނަމަ، ތިޔަބައިމީހުން އުޅެމުންގެންދާ ހެޔޮލަފާ ދިރިއުޅުން ފެނި އެބައިމީހުން ލަދުވެތިވާނެއެވެ. ސަބަބަކީ ތިޔަބައިމީހުން އަލްމަސީޙަށް އީމާން ވެގެންވުމެވެ.


ދާއޫދު ބުންޏެވެ. ”⁠އަހަރެން ހުވާ ކޮށްފާ މިބުނަނީ. ކަލޭ އަހަރެންނާ މެދު އޮންނަ ގާތް ގުޅުން ކަލޭގެ ބައްޕާފުޅަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެކަލޭގެފާނު ހިތްޕުޅަށް އަރާ ވަޑައިގަންނަވާނެ ’⁠ޔޫނަތައިންގެ ގާތުގައި އެވާހަކަ ބުނެފިއްޔާ އޭނާ ދެރަ ވެދާނެ.⁠‘ އެހެންވީމާ އެވާހަކަ ވިދާޅު ނުވީ. އެކަމަކު ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެއާއި ކަލޭގެ ފުރާނަ ގަންދީ ބުނަން، އަހަރެން މިވަނީ ވަރަށް ބޮޑު ނުރައްކަލެއްގައި. އަހަރެން މަރުނުވެ ސަލާމަތް ވުމަކީ އުނދަގޫކަމެއް.⁠“


ޝާއުލްގެފާނު އޭނާ ކުރިމަތީގައި ހުވާ ކުރެއްވިއެވެ. ”⁠ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ބުނަން. މިކަންތައް ކޮށްގެން ކަލެއަކަށް އަދަބެއް ނުލިބޭނެ.⁠“


މިތަން ފިލިސްޠީނުންގެ އިސް ވެރިންނަށް ފެނިގެން ބުނެއްޕެވެ. ”⁠މީ ކީއްކުރަން އައިސްތިބި ޢިބްރާނީންގެ ބައެއްތަ؟⁠“ އަޚީޝް ރަސްގެފާނު ވިދާޅުވިއެވެ. ”⁠ތިއީ ދާއޫދު. ކުރީގައި ޝާއުލް ރަސްގެފާނުގެ ކާރީގައި އުޅުނު މީހެއް. މިހާރު އަހަރެންނާ އެކު އުޅޭތާ އަހަރަކަށް ވުރެން ގިނަ ދުވަސް ވެއްޖެ. އެކަލޭގެފާނު ދޫކޮށް އައިސް މިވީހާ ތަނަށް އޭނާގެ ފަރާތަކުން ކުށެއް ފެނިފައެއް ނެތް.⁠“


އެހެންވެ ކަލޭ ހުރި ރަށަށް ސަލާމަތް ކަމާއެކު ދޭ. ފިލިސްޠީނުންގެ ވެރިން ނުރުހޭ ކަމެއް ނުކުރާތި.⁠“


އެހެންވެ އެމީހުން ފިލިސްޠީނުގެ ހުރިހާ ބޮޑުން އެއްތަން ކޮށްފައި އެމީހުންނާ ސުވާލުކުރިއެވެ. ”⁠އިސްރާއީލީންގެ ކަލާނގެ ފޮށިކޮޅާއި މެދު އަހަރެމެން ކަންތައް ކުރަންވީ ކިހިނެއްތޯ؟⁠“ އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠އިސްރާއީލުގެ ކަލާނގެ ފޮށިކޮޅު ޖައްތަށް ގެންދޭ.⁠“ ދެން އެމީހުން އެ ފޮށިކޮޅު ޖައްތުއަށް ގެންގޮސްފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ