Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 29:4 - ކިތާބުލް މުޤައްދަސާ

4 އެކަމަކު ފިލިސްޠީނުންގެ ވެރިން ތިބީ ރަސްގެފާނު ދެކެ ރުޅި އައިސްފައެވެ. އެމީހުން ބުންޏެވެ. ”⁠ތިޔަ މީހާ އައި ތަނަކަށް ފޮނުވާލާ. ތިޔަ މީހާ އަހަރެމެންނާ އެކު ހަނގުރާމައަށް ގެންގޮސްގެން ނުވާނެ. ހަނގުރާމަ ފަށާތަނުން އަހަރެމެންނާ ދެކޮޅަށް ތިޔަ މީހާ ތެދުވެއްޖެއްޔާ ޔޯ؟ އަހަރެމެންގެ ވެރިންގެ ބޯ ކަނޑާލައިގެން ގެންދިއުމަށް ވުރެން ޝާއުލް ރުހޭނެ ކަމެއް އޮންނާނެތަ؟ އޭރުން އޭނާއަށް އަނެއްކާވެސް މަތީ މަޤާމު ދީފާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 29:4
8 ပူးပေါင်းရင်းမြစ်များ  

އެމީހުން ގިނަ ނުވާނެ ކަހަލަ ހިންތާއެއް އަހަރެމެން ހަދަން ވެއްޖެ. އެހެންނޫނީ އަހަރެމެންނާ ހަނގުރާމައެއް ކުރިމަތި ލާ ދުވަހަކުން އެމީހުން އަހަރެމެންގެ ދުޝްމިނުންނާއި ބައިވެރިވެ އަހަރެމެންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ފަހު ފިލައި ރައްކާވެދާނެ.⁠“


މި މުއްސަނދި މީހާ އޭނާގެ މި މަކަރުވެރި މެނޭޖަރަށް ސާބަސް ދިން. އެއީ އޭނާ އެ ކަންތައް ކުރިލެއް ހުޝިޔާރު ކަމުން. އެއީ މާތްރަސްކަލާނގެ ދެއްވި ތެދު އަލިމަގުގައި ވާ މީހުންނަށް ވުރެ އެކަލާނގެއަށް އީމާން ނުވާ މީހުން އެކަކު އަނެކަކާއި މެދު ކަންތައް ކުރާއިރު މާ ހުޝިޔާރުވާނެ.


ދެން ކުރީގައި ފިލިސްޠީނުގެ ލަޝްކަރުގެ ތެރޭ ހިމެނުނު ޢިބްރާނީ ލަޝްކަރު ވެސް ޝާއުލްގެ ފާނާއި ޔޫނަތައިންގެ ލަޝްކަރާ ގުޅިއްޖެއެވެ.


މިހެން ދެންނެވުމުން އަޚީޝް ރަސްގެފާނު އެމީހުން އުޅެން ޞިޤްލަޣު ހަމަޖައްސަވައި ދެއްވިއެވެ. މިރަށް އޭގެ ފަހުން އޮތީ ޔަހޫޛާގެ ރަށެއްގެ ގޮތުގައެވެ.


އަޚީޝް ރަސްގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނަށް ތިޔަކަން އެނގޭ. ކަލޭ ތީ އަހަރެން ކާރީގައި މާތްކަލާނގެ މަލާއިކަތެއް ފަދަ މީހެއް. އެކަމަކު ވެސް ފިލިސްޠީނުންގެ ވެރިން ބުނެފި، ކަލޭ އަހަރެމެންނާ އެކު ހަނގުރާމައަށް ގެންގޮސްގެން ނުވާނެއޭ.


ތިންވަނައަށް ވީ ދުވަހު ދާއޫދާއި އޭނާގެ މީހުން ޞިޤްލަޣަށް ދިޔައިރު ޢަމާލިޤީން ވަނީ ދެކުނަށާއި ޞިޤްލަޣަށް ހަމަލަ ދީފައެވެ. އެމީހުން ޞިޤްލަޣަށް ހަމަލަ ދިނުމަށް ފަހު އެރަށް ވަނީ އަންދާލާފަ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ