1 ޞަމޫއީލް 28:6 - ކިތާބުލް މުޤައްދަސާ6 އެކަލޭގެފާނު މާތްރަސްކަލާނގެއަށް ދުޢާ ކުރެއްވުމުން ވެސް އިލްހާމެއް ވިޔަސް ނަބީއެއް ވިޔަސް އޫރީމުގެ ޖަވާބެއް ވެސް ނައައެވެ. အခန်းကိုကြည့်ပါ။ |
ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”ކަލޭގެފާނު އަހަރެން ގެނެސް ތިޔަ ދުއްޕާން ކުރަނީ ކީއްވެ؟“ ”އަޅުގަނޑު މިއުޅެނީ ހަދާނެ ގޮތް ބޮޑުވެގެން.“ ޝާއުލްގެފާނު ދެންނެވިއެވެ. ”ފިލިސްޠީނުން އަޅުގަނޑާ ހަނގުރާމައަށް އައިސް އެބަތިބި. މާތްކަލާނގެ އަޅުގަނޑު ދޫކޮށް ލައްވައިފި. އެއްވެސް ނަބީއަކު މެދުވެރިވެގެން ވެސް އިލްހާމަކުން ވެސް ޖަވާބެއް ނުލިބޭ. ކަލޭގެފާނަށް މި ދެންނެވީ ހަދަންވީ ގޮތެއް އޮޅުންފިލުވުމަށް.“