Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 28:3 - ކިތާބުލް މުޤައްދަސާ

3 މިހާރު ޞަމޫއީލްގެފާނު އަވަހާރަވެ އިސްރާއީލީން އެކަމާ ހިތާމަކޮށް އެކަލޭގެފާނު ރާމާގައި ވަނީ ވަޅުލާފަ އެވެ. ޝާއުލްގެފާނު ވަނީ ހުރިހާ ފާލުބަލާ މީހުންނާއި ސިހުރުވެރިން އިސްރާއީލުގެ ރަށްތަކުން ފައްސާލައްވާފަ އެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 28:3
12 ပူးပေါင်းရင်းမြစ်များ  

އެކަމަކު އެކުއްޖާގެ ބައްޕަ އެ ކައިވެންޏާ ނުރުހުނަސް ކައިވެންޏަކަށް ދޭންޖެހޭ ހުރިހާ ޚަރަދެއް އެކުއްޖާއަށް ދޭން ޖެހޭނެ.


ސިހުރުހަދާ އަންހެނަކު ދިރިހުއްޓަ ދީގެން ނުވާނެ.


މާތްރަސްކަލާނގެއާ ދެކޮޅުވެރި ވެގަތުމަކީ ސިހުރުހާހޫރަ ހެދުން ވަރުގެ ނުބައިކަމެއް. ބޮޑާވެގަތުމަކީ ބުދަށް އަޅުކަން ކުރުން ފަދަ ފާފަބޮޑު ކަމެއް. އެހެނީ ކަލޭގެފާނު މާތްރަސްކަލާނގެ އަމުރުފުޅަކާ ދެކޮޅު ހައްދަވައިފީމު. އެހެންކަމުން ކަލޭގެފާނަކީ ރަސްކަލެއް ކަމުގައި މާތްރަސްކަލާނގެ ބައްލަވާ ވޮޑިއެއް ނުގަންނަވާ.⁠“


ޞަމޫއީލްގެފާނު އަވަހާރަ ވެއްޖެއެވެ. އިސްރާއީލީން އެންމެން އައިސް އެކަލޭގެފާނަށް އިޙްތިރާމް އަދާކުރުމަށް ފަހު ރާމާގައި އެކަލޭގެފާނު ވަޅުފުޅުލައިފިއެވެ. ދާއޫދު ގޮސް ހުރީ ފާރާންގެ ސަހަރާ ތެރޭގައެވެ.


އަންހެންމީހާ ބުންޏެވެ. ”⁠ކަލެއަށް ވެސް އެނގޭނެ ޝާއުލް ރަސްގެފާނު އިސްރާއީލުގެ ބިމުން ފާލުބަލާ މީހުންނާއި ސިހުރުވެރިން ފައްސާލައިފައި ވާކަން. ކަލޭ އަހަރެން ތާށިކޮށް އަހަރެން މަރާ ކުރިމަތި ކުރުވަން ތިޔަ އުޅެނީ ކީއްވެތަ؟⁠“


އެދަތުރުތަކަށް ފަހު ޞަމޫއީލްގެ ރަށް ކަމަށްވާ ރާމާއަށް އެނބުރި އާދެއެވެ. އެރަށުގައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާނީ ވެދުން ކުރާނެ މަޤާމެއް ވެސް ހަދައި އިސްރާއީލުގެ މައްޗަށް އަދާލަތު ގާއިމު ކުރެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ