24 އަންހެންމީހާގެ ގޭގައި ފަލަ ޅަގެރިއެއް އޮތެވެ. އޭނާ އަވަހަށް އޭތި ކަތިލާފައި ފުށް މޮޑެ ކަމީރު ނުލައި ރޮށި ފިހެފި އެވެ.
އިބްރާހީމްގެފާނު އަވަސްގޮތަކަށް ފޭލިގެ ތެރެއަށް ވަޑައިގަންނަވައި ސާރާއަށް ގޮވާ ލެއްވިއެވެ. ”އަވަސްކުރޭ! ތިބާގެ ފުށްބަސްތާތަކުން އެންމެ މޮޅު ފުށުގެ ދެތިން ޑަބިޔާ ނަގައި ރޮށި ފިހޭ.“
އަދި ޚާއްސަ މުނާސަބަތަކަށްޓަކައި ފަލަ ކުރެވިފައިވާ ޅަ ގެރި ކަތިލާ ބޮޑު ކެއުމެއް ތައްޔާރު ކުރާށޭ. މި އުފާވެރި މުނާސަބަތު ފާހަގަ ކުރަން ވާނޭ.
އެމީހާ ޖަވާބުގައި ބުނި. ’ސާހިބާގެ ގެއްލިފައި ވީ ކޮއްކޮ އެނބުރި ގެއަށް އަތުވެއްޖޭ. އަދި ސާހިބާގެ ބައްޕަ ޚާއްސަކޮށް ފަލަ ކުރި ޅަ ގެރި ކަތިލާ އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން ބޮޑު ކެއުމެއް ތައްޔާރު ކޮށްފިއޭ.‘
ދެން އޭނާ ޝާއުލްގެފާނަށް އެތަކެތި ވަތްކުރައްވައި އެކަލޭގެފާނު އަރިހުގައި އައިސް ތިބި މީހުންނަށް ވެސް ކާން ދިނެވެ. އެމީހުން ކައި ހަދައިގެން އެރޭ އެތަނުން ހިނގައްޖެއެވެ.