Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 28:20 - ކިތާބުލް މުޤައްދަސާ

20 ޝާއުލް ރަސްގެފާނު ހަމަ އިސްކޮޅަށް ބިންމައްޗަށް ވެއްޓި ވަޑައިގެންފިއެވެ. ޞަމޫއީލްގެފާނު ވިދާޅުވި ބަސްފުޅު އިވިވަޑައިގެން އެކަލޭގެފާނު ވަނީ ބިރުން ފިތްކެނޑިފަ އެވެ. އެކަލޭގެފާނުގެ ގައިކޮޅުން ބާރުފުޅު ދޫވެއްޖެ އެވެ. އެރެއާއި އެދުވަހު އެކަލޭގެފާނު އެއްޗެއް ފަރީއެއް ވެސް ނުކުޅުއްވަ އެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 28:20
7 ပူးပေါင်းရင်းမြစ်များ  

ހެނދުނު ނާސްތާގެ ވަގުތު އޭނާގެ މަސްތުކަން ފިލުމުން މި ހުރިހާ ވާހަކައެއް ނާބާލްއަށް އޭނާ ކިޔާ ދިނެވެ. އެއާއެކު އޭނާގެ ހަރަކާތް ހުއްޓި ހިލައެއް ފަދައިން ގާ ވެއްޖެއެވެ.


މާތްރަސްކަލާނގެ ކަލޭގެފާނާއި އިސްރާއީލީން ފިލިސްޠީނުންނާ ހަވާލު ކުރައްވާނެ. އަދި ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިންތައް މާދަމާ ވާހުށީ އަޅުގަނޑާއެކު. މާތްރަސްކަލާނގެ އިސްރާއީލުންގެ އެންމެހާ ސިފައިން ވެސް ފިލިސްޠީނުންނާއި ހަވާލު ކުރައްވާނެ.⁠“


އަންހެންމީހާ ޝާއުލްގެފާނު ގާތަށް އައި އިރު އެކަލޭގެފާނަށް ވެފައިވާ ވަރު ފެނުމުން އޭނާ ދެންނެވިއެވެ. ”⁠ސާހިބުގެ ޚާދިމާ އަޅުގަނޑު ކަންތައް ކުރީ ސާހިބަށް ކިޔަމަންވުމުގެ ގޮތުން. އަޅުގަނޑުގެ ފުރާނަ އަތް މައްޗަށް ލައިގެން ކަލޭގެފާނު އެންގެވި ކަންތައް މިކުރީ.


ޝާއުލްގެފާނަށް ފިލިސްޠީނުންގެ ލަޝްކަރު ފެނުމުން ފިތްކަނޑައިގެން ދާހާވަރަށް ބިރުފުޅުގެންފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ