Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 28:15 - ކިތާބުލް މުޤައްދަސާ

15 ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެފާނު އަހަރެން ގެނެސް ތިޔަ ދުއްޕާން ކުރަނީ ކީއްވެ؟⁠“ ”⁠އަޅުގަނޑު މިއުޅެނީ ހަދާނެ ގޮތް ބޮޑުވެގެން.⁠“ ޝާއުލްގެފާނު ދެންނެވިއެވެ. ”⁠ފިލިސްޠީނުން އަޅުގަނޑާ ހަނގުރާމައަށް އައިސް އެބަތިބި. މާތްކަލާނގެ އަޅުގަނޑު ދޫކޮށް ލައްވައިފި. އެއްވެސް ނަބީއަކު މެދުވެރިވެގެން ވެސް އިލްހާމަކުން ވެސް ޖަވާބެއް ނުލިބޭ. ކަލޭގެފާނަށް މި ދެންނެވީ ހަދަންވީ ގޮތެއް އޮޅުންފިލުވުމަށް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 28:15
18 ပူးပေါင်းရင်းမြစ်များ  

ނުބައި މީހުން އިންދާ ގޮވާމުގައި އަޅާނީ ނުބައި މޭވާއެވެ. ހެޔޮ މީހާގެ ގޮވާމުން ލިބޭނީ ރަނގަޅު މޭވާއެވެ.


އެއަށް ފަހު ރަސްގެފާނުގެ ވާތްފަރާތުގައި ތިބި މީސްތަކުންނަށް ވިދާޅުވާނެ. ’⁠އަހަރެންގެ ކައިރިން ދުރަށް ދޭ. ކަލޭމެން ވަނީ މާތްރަސްކަލާނގެ ކޯފާގެ ދަށުގައި! ޝައިތާނާ އަށާއި އޭނާގެ ބައިވެރިންނަށް ތައްޔާރު ކުރެވިފައިވާ ނިމުމެއް ނުވާ އަލިފާނުގެ ތެރެއަށް ވެއްޓިގަތުމަށް ދޭ.


މާތްރަސްކަލާނގެ ޝާއުލްގެފާނު ދޫކުރައްވައި ދާއޫދާއި އެކުގައި ވޮޑިގެންވާތަން ފެނުމުން އެކަލޭގެފާނު ހުންނެވީ ވަރަށް ބިރުފުޅު ގެންފައެވެ.


ދާއޫދު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠މިއަޅާ ގޮސް ފިލިސްޠީނުންނަށް ހަމަލަ ދޭންވީތޯ.⁠“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ގޮސް ފިލިސްޠީނުންގެ އަތްދަށުން ޤަޢީލާ ސަލާމަތް ކޮށްދީ.⁠“


ދާއޫދު އަނެއްފަހަރު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠ޤަޢީލާއަށް ގޮސް ފިލިސްޠީނުންނަށް ހަމަލަދީ. ތިމަންކަލާނގެ ކަލޭމެންނަށް ނަސްރު ދޭނަން.⁠“


އަންހެންމީހާ އެއްސެވެ. ”⁠އަހަރެން ގެނެސް ދޭންވީ ކާކުގެ ރޫޙެއްތަ؟⁠“ ”⁠ޞަމޫއީލްގެފާނުގެ ރޫޙު ގެނެސްދީ.⁠“


ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑު ކުރެން އެއްޗެއް އަހަންވީ ކީއްވެތޯ؟ މާތްރަސްކަލާނގެ ވަނީ ކަލޭގެފާނު ދޫކުރައްވައި ކަލޭގެފާނާ ދެކޮޅުވެރިވެ ވޮޑިގެންފައި.


އެކަލޭގެފާނު މާތްރަސްކަލާނގެއަށް ދުޢާ ކުރެއްވުމުން ވެސް އިލްހާމެއް ވިޔަސް ނަބީއެއް ވިޔަސް އޫރީމުގެ ޖަވާބެއް ވެސް ނައައެވެ.


މިހެން ބުނުމުން ޝާއުލްގެފާނު އާދައިގެ ހެދުންކޮޅެއް ތުރުކުރައްވައި ސިފަފުޅު ބަދަލު ކުރައްވައިގެން ދެމީހަކު ގޮވައިގެން އެއަންހެންމީހާ ގާތަށް ވަޑައިގެންފިއެވެ. ”⁠އަހަރެންނަށް ރޫޙަކާ ވާހަކަ ދެއްކޭ ގޮތް ހަދައިދީ.⁠“ އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މި ބުނާ މީހާގެ ރޫޙު ގެނެސްދީ.⁠“


މިކަންތައް މިހެން ހިނގައި އެމީހުންގެ ދަރިންކޮޅު ގެއްލުމުން އެމީހުން ތިބީ ރުޅިގަދަވެފަ އެވެ. އެމީހުން ދާއޫދު ގަލުން ތަޅައި ރަޖަމްކުރަން މަޝްވަރާ ކުރަން ފަށައިފިއެވެ. މިކަމާ ދާއޫދު ވަރަށް ކަންބޮޑު ވެއްޖެއެވެ. އެހެނަސް ދާއޫދު ވާގި އެދެމުން ދިޔައީ އޭނާގެ އިލާހު، މާތްރަސްކަލާނގެ ކިބަފުޅުން ނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ