Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 28:10 - ކިތާބުލް މުޤައްދަސާ

10 ޝާއުލްގެފާނު އޭނާ ކުރިމަތީގައި ހުވާ ކުރެއްވިއެވެ. ”⁠ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ބުނަން. މިކަންތައް ކޮށްގެން ކަލެއަކަށް އަދަބެއް ނުލިބޭނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 28:10
10 ပူးပေါင်းရင်းမြစ်များ  

މާތްކަލާނގެ އެހެން ވަޙީކުރެއްވީ އެއީ އެގަހުގެ މޭވާ ތިޔަބައިމީހުން ކައިފިނަމަ ތިޔަބައިމީހުންގެ ލޯތައްހުޅުވި ކަންތައްތައް އެނގޭނޭތީ. އަދި އެގަހުގެ މޭވާ ކެއުމުން ތިޔަބައިމީހުންނަށް ހެވާއި ނުބައި ވަކިވެ ތިޔަބައިމީހުން އެކަލާނގެ އާއި އެއްފަދަ ވެދާނެކަން އެކަލާނގެ ދެނެވޮޑިގެންވާތީ.⁠“


އަންހެނާ ދެންނެވިއެވެ. ”⁠އާދޭހާއެކު ދަންނަވަން. މާތްރަސްކަލާނގެ ކަލޭގެފާނުގެ ކަލާނގެ ނަންފުޅުގައި ހުވާ ކުރައްވައި ވިދާޅުވެދެއްވާ، އަޅުގަނޑުގެ ދަރިފުޅު އަތުން އޭނާގެ ކޮއްކޮ މަރުވީތީ އެކަމުގެ ބަދަލުގައި އެކަކަށް ވެސް އެކުއްޖާ މެރުނަ ނުދެއްވާނެ ކަމަށް. އަޅުގަނޑު ހަލާކެއްގެ މައްޗަށް އިތުރު ހަލާކެއް އަންނަތަން ދެކޭކަށް ބޭނުމެއް ނުވޭ.⁠“ ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠ދިރިދެމި ވޮޑިގެންވާ ކަލާނގެ ގަންދީބުނަން އެކަކަށް ވެސް ކަލޭގެ ދަރިފުޅަށް ގޮތެއް ނުހެދޭނެ. އޭނާގެ ބޮލުގެ އެންމެ އިސްތައްޓަކަށް ވެސް ގެއްލުމެއް ނުދެވޭނެ.⁠“


ކަލޭމެންގެ އިލާހު، ’⁠މާތްރަސްކަލާނގެ⁠‘ ނަން ކަލޭމެން ނުރަނގަޅު ގޮތުގައި ބޭނުންކޮށްގެން ނުވާނެ. އެހެނީ އެ ގޮތަށް ކަންތައް ކުރާ މީހަކަށް އަދަބު ނުދީއެއް އަހަރެން ދުލެއް ނުކުރާނަން.


މިފަހަރު ވެސް ޕަތަރަސް އެކަމަށް އިންކާރު ކުރިއެވެ. އޭނާ ހުވައިކޮށް ބުންޏެވެ. ”⁠އަހަރެން ހުވައިކޮށްފައި ބުނަން ތިޔަބުނާ އީސާގެފާނެއް އަހަރެން ނުދަންނަން!⁠“


އެތައް ހުވަޔަކާއެކު އޭނާ ދަރިފުޅަށް ބުންޏެވެ. ”⁠ދަރިފުޅު އެދޭ ކޮންމެ އެއްޗެއް ބައްޕަ ދޭނަން، މި ރަސްކަމުގެ ދެބައިކުޅަ އެއްބަޔަށް އެދުނަސް ދޭނަން!⁠“


އިސްރާއީލަށް ނަސްރު ދެއްވާ މާތްރަސްކަލާނގެ ގަންދީ ބުނަން. އަހަރެންގެ ދަރި ޔޫނަތައިން އެފަދަ ފާފައެއް ކުރިޔަސް އޭނާ މަރާލާނަން.⁠“ އެކަކު ވެސް އެއްޗެއް ނުބުންޏެވެ.


ޝާއުލްގެފާނު ޔޫނަތައިންގެ ވާހަކަ އަޑުއަހާފައި ހުވާ ކުރެއްވިއެވެ. ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާކޮށްފައި ބުނަން. ދާއޫދު މަރައެއް ނުލާނަން.⁠“


އަންހެންމީހާ އެއްސެވެ. ”⁠އަހަރެން ގެނެސް ދޭންވީ ކާކުގެ ރޫޙެއްތަ؟⁠“ ”⁠ޞަމޫއީލްގެފާނުގެ ރޫޙު ގެނެސްދީ.⁠“


އަންހެންމީހާ ބުންޏެވެ. ”⁠ކަލެއަށް ވެސް އެނގޭނެ ޝާއުލް ރަސްގެފާނު އިސްރާއީލުގެ ބިމުން ފާލުބަލާ މީހުންނާއި ސިހުރުވެރިން ފައްސާލައިފައި ވާކަން. ކަލޭ އަހަރެން ތާށިކޮށް އަހަރެން މަރާ ކުރިމަތި ކުރުވަން ތިޔަ އުޅެނީ ކީއްވެތަ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ