Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 27:9 - ކިތާބުލް މުޤައްދަސާ

9 މިއިން އެއްވެސް ރަށެއްގައި ދިރިހުރި އަންހެނެއް ފިރިހެނެއް ނުބަހައްޓައެވެ. އެކަމަކު އެމީހުންގެ ގެރިބަކަރި ތަކާއި ހިމާރާއި ކަންބަޅި ތަކާއި ޖަމަލު ތަކާއި އަންނައުނުތައް އަތުލައިގަނެ އެވެ. ދެން ދާއޫދު އަޚީޝް ގާތަށް ދެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 27:9
9 ပူးပေါင်းရင်းမြစ်များ  

ޝޫރަށް ދާ މަގުމަތީގައިވާ ސަހަރާގެ ތެރޭ، ފެންއާރެއްގެ ކައިރީ ހާޖަރު ހުއްޓާ މާތްރަސްކަލާނގެ މަލާއިކަތާ އޭނާ އާއި ބައްދަލު ކުރެއްވިއެވެ. އެ މަލާއިކަތާ ހާޖަރަށް ވިދާޅުވިއެވެ. ”⁠ސާރާއީގެ އަޅު އަންހެނާ. ތިޔަ އަންނަނީ ކޮންތާކުންތަ؟ ތިޔަ ދަނީ ކޮންތާކަށްތަ؟⁠“ ހާޖަރު ޖަވާބުގައި ދެންނެވިއެވެ. ”⁠އަޅާ މި ދުވަނީ އަޅުގެ ސާހިބާ ސާރާއީ އާއި ދުރަށް ދިޔުމަށް.⁠“


އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅު ދިރިއުޅެމުން ގެންދިޔައީ ޙަވީލާ އިން ފެށިގެން ޝޫރު އާއި ދެމެދުގައި ވީ ސަރަހައްދުތަކުގައެވެ. އެއީ އައްޝޫރުއަށް ދާން އޮންނަ މަގުން މިޞްރުގެ އިރުމަތީ ފަރާތުގައެވެ. އިސްމާޢީލްގެފާނާއި އާއިލާ ދިރިއުޅުއްވަމުން ގެންދެވީ އިބްރާހީމްގެފާނުގެ ދަރިފަސްކޮޅުގެ އެހެން މީހުންނާއި މުޅިން އެކަހެރި ކޮށެވެ.


ދެން މޫސާގެފާނު ބަނީ އިސްރާއީލީން ގޮވައިގެން ރަތްކަނޑާ ދުރަށް ޝޫރު ސަހަރާގެ ތެރެއަށް ވަޑައިގެންފިއެވެ. އެމީހުން އެ ސަހަރާގެ ތެރޭގައި ތިން ދުވަސްވަންދެން ހިނގި އިރު ވެސް އެތަނަކުން ފެނެއް ނުފެނުނެވެ.


ދާށޭ، ގޮސް ޢަމާލިޤީން އެންމެން ނައްތާލާށޭ. އަންހެނަކަސް ފިރިހެނަކަސް ކުޑަކުއްޖަކަސް ގެރި ބަކަރިއަކަސް ހިމާރަކަސް ޖަމަލަކަސް އެކައްޗެއް ވެސް ބަހައްޓައިގެން ނުވާނެއޭ.⁠“


ދެން ޝާއުލްގެފާނު ޢަމާލިޤީން ބަލި ކުރައްވައިފިއެވެ. އެމީހުންގެ ފަހަތުން އެކަލޭގެފާނު ޙަވީލާއިން ޝޫރުއާ ހަމަޔަށް ވަޑައިގަތެވެ. އެއީ މިޞްރުގެ އިރުމަތިން އިންވެގެން އޮންނަ ރަށެކެވެ.


އެކަލޭގެފާނު ޢަމާލިޤީންގެ ރަސްގެފާނު އަޖާޖް ހައްޔަރު ކުރެއްވިއެވެ. އެހެނަސް އެރަށުގެ އެންމެން ގަތުލު ކުރެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ