Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 27:8 - ކިތާބުލް މުޤައްދަސާ

8 މިހެން އުޅެފައި ދާއޫދާއި އޭނާގެ މީހުން އެ ހިސާބުގައި އުޅޭ ޖަރުޒީއިންނާއި ޢަމާލިޤީންނާއި ޖަޝޫރީންނަށް ހަމަލާ ދީފިއެވެ. (އަންދުވަހުން ފެށިގެން ވެސް މި މީހުންނަކީ މިޞްރާއި ޝޫރާއި ދެމެދުގައި އުޅެމުން އައިސްފައިވާ ބަޔެކެވެ.)

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 27:8
22 ပူးပေါင်းရင်းမြစ်များ  

ދެން ޔުއާބު ތެދުވެގެން ޖަޝޫރަށް ގޮސް އަބްޝާލޫމް ގޮވައިގެން ޖެރޫސަލަމަށް އަތުވެއްޖެއެވެ.


ޔުއާބު ބުންޏެވެ. ”⁠އަހަރެން ކަލޭ އައިސްދޭށޭ ކިޔާފައި ދެފަހަރަކު މީހުން ފޮނުވައިފިން. އަހަރެން ބޭނުންވީ ކަލޭ ރަސްގެފާނުގެ އަރިހަށް ފޮނުވަން. އަހަރެން ރަސްގެފާނަށް ދަންނަވަން ބޭނުމީ އަހަރެން ޖަޝޫރުގައި އުޅެނިކޮށް މިތަނަށް ގެނައީ ކީއްކުރަންހޭ. ރަސްގެފާނުގެ ފައިންޕުޅު އަހަންނަށް ނުފެންނަންޏާ އަހަރެން މިތަނަށް ގެނައުމުގެ ބޭނުމަކީ ކޮބައިހޭ. ހަމަ ޖަޝޫރުގައި ވެސް އަހަންނަށް ހުރެވިދާނެ ނޫންހޭ. އަހަރެން ކަލޭގެ ގާތުން މިއެދެނީ ރަސްގެފާނުގެ އަރިހަށް ގޮސް މިހެން ދަންނަވަން. އަހަރެން ކުށްވެރިވަންޏާ އެ ކުށަށްޓަކައި އަހަރެން މަރާލާށޭ ދަންނަވާ.⁠“


އަޅުގަނޑު ސީރިއާގެ ޖަޝޫރުގައި ހުރި އިރު ގަތް ނަދުރެއް އެއީ. އަޅުގަނޑު ނަދުރު ބުނެފައި ވަނީ ’⁠މިއަޅާއަށް ޖެރޫސަލަމަށް އަނބުރާ ދެވޭނެ ގޮތް އިނބަރަސްކަލާނގެ ހައްދަވައި ދެއްވައިފިއްޔާ އިނބަރަސްކަލާނގެ އަށް އަޅުކަން ކުރުމަށް އެނބުރި ގަންނާނަން.⁠‘⁠“


ޔުއާބާއި ދާއޫދުގެފާނުގެ ލަޝްކަރުގެ މީހުން ރަށަކަށް ހަމަލާދީފައި ގިނަ އަދަދަކަށް ޣަނީމާ މުދާ ހިފައިގެން އަތުވެއްޖެއެވެ. އޭރު ދާއޫދުގެފާނު ވަނީ އަބްނައިރު ސުލްޙަވެރިކަން މަތީ ފޮނުއްވާ ލައްވާފައެވެ.


ދެވަނަ ދަރިކަލުންނަކީ ކަލްޔާބް އެވެ. އެދަރިކަލުންގެ މަންމައަކީ ކަރުމިލްގެ ނާބާލްގެ ހުވަފަތް އަނބި އަބީޖާއިލް އެވެ. ތިންވަނަ ދަރިކަލުންނަކީ އަބްޝާލޫމްއެވެ. އެދަރިކަލުންގެ މަންމައަކީ ޖަޝޫރުގެ ރަސްގެފާނުގެ ތަލްމާއިގެ ދަރިކަނބަލުން މައިކާ އެވެ.


އެއީ އަދޫމާއި، މުއާބުއާއި ޢައްމޫނީންނާއި ޢަމާލިޤީންނާއި އަދި އެނޫން ވެސް ފިލިސްޠީނުންގެ ރަށްތަކުންނެވެ. އެކަލޭގެފާނު ޒޫބާގެ ރަސްގެފާނު ރަހޫބުގެ ދަރި ހަދަދުޢަޒަރުގެ އަތުން އަތުލައިގަތް ޣަނީމާތަކާ މެދު ވެސް ކަންތައް ކުރެއްވީ އެގޮތަށެވެ.


ދެން މޫސާގެފާނު ބަނީ އިސްރާއީލީން ގޮވައިގެން ރަތްކަނޑާ ދުރަށް ޝޫރު ސަހަރާގެ ތެރެއަށް ވަޑައިގެންފިއެވެ. އެމީހުން އެ ސަހަރާގެ ތެރޭގައި ތިން ދުވަސްވަންދެން ހިނގި އިރު ވެސް އެތަނަކުން ފެނެއް ނުފެނުނެވެ.


ބަނީ އިސްރާއީލީން ރެފީދީމުގައި ތިއްބައި ޢަމާލީގީންގެ ހަނގުރާމަވެރިން އައިސް އެމީހުންނަށް ހަމަލަ ދީފިއެވެ.


އަޚީޝް ރަސްގެފާނު ދާއޫދު ގެންނަވައި ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ގަންދީ ހުވާކޮށްފައި ބުނަން. ކަލޭ އައިއްސުރެ މިހާތަނަކަށް ކަލޭގެ އިތުބާރު ގެއްލޭ ކަހަލަ ކަމެއް ކަލޭގެ ފަރާތަކުން ފެނިފައެއް ނެތް. އަހަރެންގެ ސިފައިންގެ ތެރޭގައި ކަލޭ ގެންދަން އަހަރެން ކިތަންމެހާ ވެސް ބޭނުން. އެކަމަކު ފިލިސްޠީނުންގެ ވެރިން ކަލޭ ގެންދާކަށް ބޭނުމެއްނުވޭ.


ތިންވަނައަށް ވީ ދުވަހު ދާއޫދާއި އޭނާގެ މީހުން ޞިޤްލަޣަށް ދިޔައިރު ޢަމާލިޤީން ވަނީ ދެކުނަށާއި ޞިޤްލަޣަށް ހަމަލަ ދީފައެވެ. އެމީހުން ޞިޤްލަޣަށް ހަމަލަ ދިނުމަށް ފަހު އެރަށް ވަނީ އަންދާލާފަ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ