1 ޞަމޫއީލް 27:6 - ކިތާބުލް މުޤައްދަސާ6 މިހެން ދެންނެވުމުން އަޚީޝް ރަސްގެފާނު އެމީހުން އުޅެން ޞިޤްލަޣު ހަމަޖައްސަވައި ދެއްވިއެވެ. މިރަށް އޭގެ ފަހުން އޮތީ ޔަހޫޛާގެ ރަށެއްގެ ގޮތުގައެވެ. အခန်းကိုကြည့်ပါ။ |
އެކަމަކު ފިލިސްޠީނުންގެ ވެރިން ތިބީ ރަސްގެފާނު ދެކެ ރުޅި އައިސްފައެވެ. އެމީހުން ބުންޏެވެ. ”ތިޔަ މީހާ އައި ތަނަކަށް ފޮނުވާލާ. ތިޔަ މީހާ އަހަރެމެންނާ އެކު ހަނގުރާމައަށް ގެންގޮސްގެން ނުވާނެ. ހަނގުރާމަ ފަށާތަނުން އަހަރެމެންނާ ދެކޮޅަށް ތިޔަ މީހާ ތެދުވެއްޖެއްޔާ ޔޯ؟ އަހަރެމެންގެ ވެރިންގެ ބޯ ކަނޑާލައިގެން ގެންދިއުމަށް ވުރެން ޝާއުލް ރުހޭނެ ކަމެއް އޮންނާނެތަ؟ އޭރުން އޭނާއަށް އަނެއްކާވެސް މަތީ މަޤާމު ދީފާނެ.