2 ދެން ދާއޫދުގެ ހަ ސަތޭކަ ސިފައިންނާއި އެކު ޖައްތުއަށް ގޮސް މާއޯޚު ދަރި އަޚީޝް ރަސްގެފާނު ކައިރިއަށް ހިނގައްޖެއެވެ.
ޝާއުލްގެފާނު ދެކެ ބިރުން ދާއޫދު ފިލަން ދިޔައީ ޖައްތުގެ ރަސްގެފާނު އަޚީޝްގެ ގާތަށެވެ.
އޭނާ ދިއުމުން އަރިހުބޭކަލުން ބުނެއްޕެވެ. ”މިއެއް ނޫންތަ އިސްރާއީލުގެ ބިމުގެ ރަސްގެފާނަކީ؟ މީނާ އަކަށް ނޫންތަ އިސްރާއީލީންގެ އަންހެނުން ލަވަ ހަދައިގެން ކިޔައި ނަށަމުން ގެންދިޔައީކީ؟ އެމީހުން ކިޔެއް ނޫންތަ؟ ’ޝާއުލް މެރީ ހާސް މީހުންނޭ ދާއޫދު މެރީ ދިހަހާސް މީހުންނޭ.‘“
ދާއޫދުގެ މީހުން ގާތު އޭނާ ބުންޏެވެ. ”ހޭވައްލާ ތައްޔާރު! ކަނޑިތައް މަހާލާ!“ ދެން އެމީހުން ދާއޫދު އެންގި ގޮތަށް ކަންތައް ކޮށްފިއެވެ. ދާއޫދު ވެސް ކަނޑި މަހާލިއެވެ. ދެން ހަތަރު ސަތޭކަ ސިފައިން ދާއޫދާއެކު ނުކުމެއްޖެއެވެ. ދުއިސައްތަ މީހުން ކާބޯތަކެއްޗާއި މުދާތައް ބަލަހައްޓަން ތިއްބެވެ.
ދާއޫދު މާތް ރަސް ކަލާނގެއަށް ދެންނެވިއެވެ. ”މިރަށަށް އަރައިގަތް މީހުންގެ ފަހަތުން އަޅުގަނޑު ދާންވީތޯ؟ އެމީހުންގެ މައްޗަށް އަޅުގަނޑަށް ގަދަކަން ލިބޭނެ ތޯ؟“ ”އެމީހުން ފަހަތުން ދޭ!“ މާތްރަސްކަލާނގެ ޖަވާބު ދެއްވިއެވެ. ”ކަލެއަށް އެމީހުން އަތުލައިގަނެވި އެމީހުން ގެންދިޔަ ތަކެތި އަނބުރާ ލިބޭނެ.“
އެހެންވެ ދާއޫދާއި އޭނާގެ ހަ ސަތޭކަ މީހުން ދަތުރަށް ނުކުމެއްޖެއެވެ. އެމީހުން ބަސޫރުގެ ފުން އަޑިގަނޑާ ހަމައަށް ހިނގައްޖެއެވެ.