1 ޞަމޫއީލް 27:10 - ކިތާބުލް މުޤައްދަސާ10 އަޚީޝް ރަސްގެފާނު އައްސަވަ އެވެ. ”މިއަދު އަރައިގަތީ ކޮން ހިސާބަކަށް ތަ؟“ ދާއޫދު ދަންނަވައެވެ. ”ޔަހޫޛާގެ ދެކުނު ހިސާބަށް“ ނޫނީ ”ދެކުނުގައިވާ ޔަރުހަމުއިލީންނަށް“ ނޫނީ ”ދެކުނުގައިވާ ޤައިނީންނަށް.“ အခန်းကိုကြည့်ပါ။ |
ދެން އަބްޝާލޫމްގެ ސިފައިން އަންހެންމީހާގެ ގާތަށް އައިސް އެހިއެވެ. ”އަޚީމައާސްއާއި ޔޫނަތައިން ކޮބައިތަ؟“ އަންހެންމީހާ ބުންޏެވެ. ”އެމީހުން އެއޮތް ފެންނަ ކޯރު ހުރަސްކޮށް ހިނގައްޖެ.“ ދެން އަބްޝާލޫމްގެ ސިފައިން ޔޫނަތައިންއާއި އަޚީމައަސް ފެނޭތޯ ހޯދަން ހިނގައްޖެއެވެ. އެމީހުން ހޯދާހޯދާ ވެސް ނުފެނިގެން ސިފައިންގެ މީހުން އެނބުރި ޖެރޫސަލަމަށް ހިނގައްޖެއެވެ.
ދެން ޝާއުލްގެފާނު ޤައިނީންގެ މީހުންނަށް އެންގެވިއެވެ. ”ކަލޭމެން މިތަނުން ދޭ. ނޫނީ ޢަމާލިޤީން ނައްތާލާއިރު އަހަރެމެންގެ އަތުން ކަލޭމެންގެ މީހުން ވެސް މަރުވެދާނެ. އެމީހުންނާ ދުރަށް މިތަން ދޫކޮށް ކަލޭމެން ދޭ. އެހެނީ ކަލޭމެން ވަނީ އިސްރާއީލީން މިޞްރުން ނުކުތުމުން އެމީހުންނަށް އެހީތެރިވެ ދީފައި.“ އެހެންވެ ކަންޢާނީން ޢަމާލިޤީންނާ ދުރަށް ހިނގައްޖެއެވެ.