1 ޞަމޫއީލް 27:1 - ކިތާބުލް މުޤައްދަސާ1 ދާއޫދު ހިތަށް އަރައްޕެވެ. ”މިހެން އުޅެނިކޮށް ޝާއުލްގެފާނު އަނެއްފަހަރު އައިސް އަހަރެންގެ ދުވަސް ދުއްވާލާނެ. އިސްރާއީލުގެ ސަރަހައްދު ދޫކޮށް ފިލިސްޠީނުންގެ އަވަށްތަކަށް ދާންވީ. އޭރަކުން ޝާއުލްގެފާނު އަހަރެން ހޯދާކަށް މި ސަރަހައްދެއް ނުބަލާނެ. އޭރުން އަހަންނަށް ސަލާމަތުން އުޅެވިދާނެ.“ အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ ޞަމޫއީލްގެފާނަށް ވަޙީ ކުރެއްވިއެވެ. ”ކަލޭގެފާނު ޝާއުލްގެފާނާ މެދު ހިތާމަ ކުރައްވަން ހުންނަވާނީ ކިހާ ދުވަހަކު؟ ތިމަންކަލާނގެ މިވަނީ އިސްރާއީލުގެ ރަސްކަމުން ޝާއުލްގެފާނު ބޭރު ކުރައްވާފައި. ފުޅިއަކަށް ޒައިތޫނި ތެޔޮ އަޅައިގެން ބައިތުލަޙަމުގެ ޔައްސާގެ ގާތަށް ދޭ. އޭނާގެ ދަރިޔަކަށް އިސްރާއީލުގެ ވެރިކަން ދެއްވުމަށް ތިމަންކަލާނގެ ހަމަޖައްސަވައިފިން.“
ދާއޫދު ބުންޏެވެ. ”އަހަރެން ހުވާ ކޮށްފާ މިބުނަނީ. ކަލޭ އަހަރެންނާ މެދު އޮންނަ ގާތް ގުޅުން ކަލޭގެ ބައްޕާފުޅަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެކަލޭގެފާނު ހިތްޕުޅަށް އަރާ ވަޑައިގަންނަވާނެ ’ޔޫނަތައިންގެ ގާތުގައި އެވާހަކަ ބުނެފިއްޔާ އޭނާ ދެރަ ވެދާނެ.‘ އެހެންވީމާ އެވާހަކަ ވިދާޅު ނުވީ. އެކަމަކު ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެއާއި ކަލޭގެ ފުރާނަ ގަންދީ ބުނަން، އަހަރެން މިވަނީ ވަރަށް ބޮޑު ނުރައްކަލެއްގައި. އަހަރެން މަރުނުވެ ސަލާމަތް ވުމަކީ އުނދަގޫކަމެއް.“
އަޅުގަނޑު މިދަންނަވާ އެއްޗެއް ސާހިބު ރަސްގެފާނު އަޑުއައްސަވާ ބައްލަވަ. ތިޔައީ މާތްރަސްކަލާނގެ އެންގެވި އެންގެވުމެއް ނަމަ އެކަލާނގެއަށް ޤުރުބާނީއެއް އަދާ ކުރުމުން އެކަލާނގެ ރުހި ވޮޑިގެންފާނެ. ތިޔައީ ބަޔަކު އަމިއްލަ ގޮތުން ކުރާ ކަމެއް ނަމަ މާތްރަސްކަލާނގެ އެބަޔަކަށް ލަޢުނަތް ލައްވާހުށި. އެހެނީ އެމީހުން މިވަނީ އަޅުގަނޑަށް މާތްރަސްކަލާނގެ ދެއްވި ނިޢުމަތުން މަހުރޫމު ކުރުވާފައި. އެމީހުން ބުނާ ކަހަލަ ’ދޭ އެހެން ކަލަކަށް އަޅުކަން ކުރަން.‘
މިތަން ފިލިސްޠީނުންގެ އިސް ވެރިންނަށް ފެނިގެން ބުނެއްޕެވެ. ”މީ ކީއްކުރަން އައިސްތިބި ޢިބްރާނީންގެ ބައެއްތަ؟“ އަޚީޝް ރަސްގެފާނު ވިދާޅުވިއެވެ. ”ތިއީ ދާއޫދު. ކުރީގައި ޝާއުލް ރަސްގެފާނުގެ ކާރީގައި އުޅުނު މީހެއް. މިހާރު އަހަރެންނާ އެކު އުޅޭތާ އަހަރަކަށް ވުރެން ގިނަ ދުވަސް ވެއްޖެ. އެކަލޭގެފާނު ދޫކޮށް އައިސް މިވީހާ ތަނަށް އޭނާގެ ފަރާތަކުން ކުށެއް ފެނިފައެއް ނެތް.“