7 ދާއޫދާއި އަބީޝާއި ދަންވަރު އެތަނަށް ގޮސް ބަލާލިއިރު ޝާއުލްގެފާނުގެ ލޮންސި ބޯލާކޮޅު ބިމަށް ހަރާފައި ހުއްޓެވެ. އަބްނައިރު އާއި އެހެން އެންމެން އެތާ ވަށައިގެން މަރު ނިދީގައި ތިއްބެވެ.
އަދި އެބައިމީހުންގެ އަނބި ދަރިންނާއި އެބައިމީހުންގެ ބަފައިކަލުން ގެނައުމަށްޓަކައި މިޞްރުން އަސްގާޑިޔާތައް ވެސް ހިފައިގެން ދިއުމަށް ބުނޭ.
ޔައްސާ އެންގި ފަދައިން ވަރަށް ހެނދުނާ ކަންބަޅި ބަކަރި ބަލަހައްޓަން މީހަކާ ހަވާލުކޮށްފައި ދާއޫދު ހަނގުރާމަކުރާ ތަނަށް ހިނގައްޖެއެވެ. އޭރު ހަނގުރާމަވެރިން ނަޣަރާ ކުރަމުން މައިދާނަށް ނުކުންނަމުން ދަނީއެވެ.
ދާއޫދު ޙިއްޘީގެ އަޚީމާލިކުއާއި ސަރޫވިޔަތުގެ ދަރި ޔުއާބުގެ ބޭބެ އަބީޝާއި ކުރެން އެއްސެވެ. ”ޝާއުލްގެފާނުގެ ފޭލިގެއަށް މަށާ އެކު ދާނީ ކާކު؟“ އަބީޝާއި ބުންޏެވެ. ”އަހަރެން ހިނގައިދާނަން.“
އަބީޝާއި ދާއޫދުގެ ގާތު ބުނެއްޕެވެ. ”ކަލޭގެ އަދާވާތްތެރިޔާ މާތްކަލާނގެ ކަލޭގެ އަތްދަށަށް ފޮނުއްވައިފި. އަހަރެންގެ ލޮންސިން އެންމެ އެތިފަހަރެއް ޖަހައި އޭނާ ބިމުގައި ހިއްޕާލިޔަ ދީ. ދެވަނަ އެތިފަހަރެއް ވެސް ނުޖަހާނަން.“