Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 26:6 - ކިތާބުލް މުޤައްދަސާ

6 ދާއޫދު ޙިއްޘީގެ އަޚީމާލިކުއާއި ސަރޫވިޔަތުގެ ދަރި ޔުއާބުގެ ބޭބެ އަބީޝާއި ކުރެން އެއްސެވެ. ”⁠ޝާއުލްގެފާނުގެ ފޭލިގެއަށް މަށާ އެކު ދާނީ ކާކު؟⁠“ އަބީޝާއި ބުންޏެވެ. ”⁠އަހަރެން ހިނގައިދާނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 26:6
22 ပူးပေါင်းရင်းမြစ်များ  

ކަންޢާނުގެ ފުރަތަމަ ދަރިކަލުންނަކީ ޞައިދޫން އެވެ. ޞައިދޫން މީހުންގެ ކާބަފައިކަލުންނަކީ ކަންޢާނުގެ ދަރި މި ޞައިދޫން އެވެ. ޙިއްޘާއީންނާއި، ޔަބޫސީންނާއި، އަމޫރީންނާއި، ޖިރްޖާޝީންނާއި، ޙިއްވީންނާއި، ޢަރްޤީންނާއި، ސީނީންނާއި، އަރްވާދީންނާއި، ޞަމާރީންނާއި، އަދި ޙަމާތީންނާއި، މިހުރިހާ މީހުންގެ ކާބަފައިކަލުންނަކީ ވެސް ކަންޢާނުއެވެ.


ދެން ސާރާގެ ގަބުރުފުޅު ކައިރިން އިބްރާހީމްގެފާނު ތެދުވެވަޑައިގެން އެރަށުގެ ބޮޑު ދޮރާށި ހުރި މައިދާނުގައި ޙިއްޘީންގެ ކަމުވޮށިވެގެންވާ ބޭކަލުންތަކާއި ބައްދަލު ކުރައްވައި ވިދާޅުވިއެވެ.


ޢީސޫގެ އުމުރުން ސާޅިސް އަހަރުގައި ޙިއްޘީންގެ ދެ އަންހެނުންނާއި އޭނާ ކައިވެނި ކުރިއެވެ. އެއީ ބީރީގެ އަންހެން ދަރިފުޅު ޔަހޫދީތު އާއި އީލޫންގެ އަންހެން ދަރިފުޅު ބަސްމަތު އެވެ.


ޔުއާބު ހަނދާން ހުންނާނެ ނޫންހޭ ޔުރައްބަޝަތުގެ ދަރި އަބީމާލިކު މަރުވީވެސް އަންހެނަކު ތާބާޞްގެ ފާރުމަތިން އެއްލި ފުނޑާ ދާޔަކުން ޖެހިގެންކަން. އެހެންވީއިރު ޔުއާބުގެ ފައުޖު ފާރު ބުޑަށް ދިޔައީ ކީއްވެހޭ؟⁠‘ މިކަހަލަ އެއްޗެއް ރަސްގެފާނު އައްސަވައިފިއްޔާ ކަލޭ މިހެން ދަންނަވާތި. ’⁠އެމީހުންގެ ތެރޭގައި ކަލޭގެފާނުގެ ހަނގުރާމަވެރިއެއް ކަމަށްވާ ޙިއްޘީންގެ އުރިއްޔާ ވެސް މަރުވި.⁠‘⁠“


އެވަގުތު ރަށުގެ ބޮޑުފާރުމަތިން ކަލޭގެފާނުގެ ހަނގުރާމަވެރިންނާ ދިމާލަށް ތީރުތައް އޮއްސައިގެންފި. އެހެންކަމުން ކަލޭގެފާނުގެ ބައެއް ހަނގުރާމަވެރިން މަރުވި. އަދި މަރުވި މީހުންގެ ތެރޭގައި އުރިއްޔާ ވެސް ހިމެނޭ.⁠“


ދާއޫދުގެފާނު ޔުއާބުއަށް ޚަބަރު ފޮނުއްވިއެވެ. ”⁠ޙިއްޘީންގެ އުރިއްޔާ އަހަރެންގެ ގާތަށް ފޮނުވާ!⁠“ އެހެންވެ ޔުއާބު ރަސްގެފާނުގެ އަރިހަށް އުރިއްޔާ ފޮނުވައިފިއެވެ.


އެހެން ކަންތައް ހުރި އިރު ކަލޭގެފާނު ތިމަންކަލާނގެ ބަސްތަކާ ޚިލާފުވީ ކީއްވެހޭ؟ ތިމަންކަލާނގެ ނަފްރަތުވާ ފަދަ ކަންތަކެއް ކުރެއްވީ ކީއްވެހޭ؟ ކަލޭގެފާނު އޫރިއްޔާގެ އަނބިމީހާ އަތުލައިގަންނަވައި އަދި ޢައްމޫނީންގެ ކަނޑިދަށުލައި އުރިއްޔާ މަރުއްވާ ލެއްވީއޭ.


ރަސްގެފާނު އަބީޝާއި އާއި އިއްތާއީއާއި ޔުއާބު އަށް އެންގެވިއެވެ. ”⁠އަހަންނަށްޓަކައި އަބްޝާލޫމާ ދޭތެރޭ ހަރުކަށިކޮށް ކަމެއް ނުކުރާތި!⁠“ އެންމެންނަށް ވެސް ރަސްގެފާނުގެ މި އެންގެވުން އަޑުއިވުނެވެ.


އެވަގުތަކީ ސަރޫވިޔަތުގެ ދަރި ޔުއާބު ވެސް ދާއޫދުގެފާނުގެ ލަޝްކަރުގެ މީހުންނާއެކު ޖިބްޢޫނުގެ ފެންގަނޑުގެ ކައިރިއަށް ދިޔަ ވަގުތެވެ. އެތަނުން އެމީހުންނާ އަބްނައިރުގެ ލަޝްކަރުގެ މީހުންނާ ކުރިމަތިވިއެވެ. މި ދެބައި މީހުން ފެންގަނޑުގެ ދެފަރާތުގައި އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލައިގެން ތިއްބެވެ.


ސަރޫވިޔަތުގެ ތިން ދަރިން ކަމަށްވާ ޔުއާބުއާއި އަބީޝާއި އާއި އަސާހިލު ވެސް ދާއޫދުގެފާނުގެ މީހުންގެ ތެރޭގައި އައިސް ތިއްބެވެ. އަސާހީލަކީ ހަލުއި ފުއްލާއެއްހާ ބާރަށް ދުވާ މީހެކެވެ.


ސަރޫވިޔަތުގެ ދަރި އަބީޝާއި އަކީ ޔުއާބުގެ ކޮއްކޮއެވެ. އޭނާއަކީ އެ ތިރީސް ފަހުލަވާނުންގެ އަމުރުވެރިޔާއެވެ. އަބީޝާއި އޭނާގެ ލޮންސިން ތިންސަތޭކަ ދުޝްމިނުންނާ ހަނގުރާމަކޮށް އެ އެންމެން މަރާލިއެވެ. އޭނާއަކީ ވެސް އެ ތިން ފަހުލަވާނުން ފަދައިން މަޝްހޫރު މީހެކެވެ.


މަޢުކީއީން އަވަށުގެ އަޙަސްބާއިގެ ދަރި އަލީފަލްދު، ޖީލޫނީ އަވަށުގެ އަޚީތޫފަލުގެ ދަރި އަލީއާމް،


ޙިއްޘީންގެ އުރިއްޔާ އެވެ. މި ބުނެވުނު ތިރީސް ހަތް މީހުންނެވެ.


ދާއޫދާއި އަބީޝާއި ދަންވަރު އެތަނަށް ގޮސް ބަލާލިއިރު ޝާއުލްގެފާނުގެ ލޮންސި ބޯލާކޮޅު ބިމަށް ހަރާފައި ހުއްޓެވެ. އަބްނައިރު އާއި އެހެން އެންމެން އެތާ ވަށައިގެން މަރު ނިދީގައި ތިއްބެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ