Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 26:3 - ކިތާބުލް މުޤައްދަސާ

3-4 އެމީހުން ޔަޝީމޫންގެ ސަހަރާގެ ކުރިމަތީ ޙަޚީލާ ފަރުބަދައިގެ ކާރީގައިވާ މަގުގެ އެއްކާރީގައި ފޭލިގެ ޖަހައިފިއެވެ. އޭރު ދާއޫދު ހުރީ ސަހަރާގެ ތެރޭގައެވެ. ޝާއުލްގެފާނުގެ މީހުން އޭނާގެ ފަހަތުން އައިތަން ފެނުމުން އެމީހުންނާ އެކު ޝާއުލްގެފާނު ވެސް ވަޑައިގެން ހުންނެވިތޯ ބަލަން ދާއޫދުގެ ޖާސޫސުން ފޮނުވައިފި އެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 26:3
6 ပူးပေါင်းရင်းမြစ်များ  

ދާއޫދު ޒީފުގެ ހޫރީޝްގައި އުޅެނިކޮށް ޝާއުލްގެފާނު އޭނާ އަތުލައިގަންނަން އަންނަ ޚަބަރު ލިބިއްޖެއެވެ.


މި ހިނދު ޒީފުގެ މީހުން ޖިބްޢާއަށް ގޮސް ޝާއުލް ރަސްގެފާނަށް ދަންނަވައްޕެވެ. ”⁠ދާއޫދު އެބަ އުޅޭ ޔަޝީމޫންގެ ދެކުނުގައިވާ ހޫރީޝް ގައިވާ ޙަޚީލާ ފަރުބަދަ މަތީ ހިސާބުގައި.


އިސާހިތަކު މަގުމަތީގައި ކަންބަޅިބަކަރި އައިންތަކެއް ހުރި ހިސާބަކަށް އެކަލޭގެފާނަށް ވަޑައިގެންނެވިއްޖެއެވެ. ދެން އެހިސާބުގައި ހުރި ހޮހަޅައަކާ އަރާ ހަމަވިތަނާ ޝާއުލްގެފާނު ހާޖަތެއް ފުއްދަވަން ޖެހިވަޑައިގެން އެތަނަށް ވެދެވަޑައިގެންފިއެވެ. އެވަގުތު ދާއޫދުއާއި އޭނާގެ މީހުން ތިބީ އެ ހޮހަޅައިގެ ފުނުގައެވެ.


ޒީފުގެ މީހުން އަނެއްކާ ވެސް ޖިބްޢާއަށް ގޮސް ޝާއުލްގެފާނަށް ދަންނަވައްޕެވެ. ”⁠ޔަޝީމޫންގެ ކާރީގައިވާ ޙަޚީލާ ފަރުބަދަތަކުގެ ތެރޭ ފިލާ އެހެރީ ދާއޫދެއް ނޫންތޯ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ