Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 26:24 - ކިތާބުލް މުޤައްދަސާ

24 ޔަޤީނުން ވެސް ސާހިބުގެ ފުރާނައިގެ އަގު އަޅުގަނޑު މިއަދު ވަޒަން ކޮށްފިން. އެހެން ކަމުން މާތްރަސްކަލާނގެ ވެސް ހުރިހާ ދުއްތުރާލަކުން އަޅުގަނޑު ސަލާމަތް ކުރައްވައި އަޅުގަނޑުގެ ފުރާނައިގެ އަގު ވެސް ވަޒަން ކުރައްވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 26:24
17 ပူးပေါင်းရင်းမြစ်များ  

އަހަރެންނަށް ދިމާވި އެންމެހާ އުނދަގޫތަކުން މާތްރަސްކަލާނގެ މަލާއިކަތާ އަހަރެން ސަލާމަތް ކޮށްދެއްވި. މި ހިނދު މި ދެ ކުދިންގެ މައްޗަށް އެކަލާނގެ ބަރަކާތް ލެއްވުމަށް އަޅާ ދުޢާ ދަންނަވަމު. މި ދެ ކުދިން މެދުވެރި ކުރައްވައި އަޅާގެ ނަން ދަމަހައްޓަވާދޭނވެ! ހަމައެހެންމެ މިއަޅާގެ ކާބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނުގެ ނަންފުޅު ވެސް މި ދެ ކުދިން މެދުވެރި ކުރައްވައި ދަމަހައްޓަވައި މި ދުނިޔޭގެ ބިމުގައި މި ކުދިންގެ ދަރިކޮޅު އިތުރު ކުރައްވައިފާނދޭވެ.⁠“


މިމީހުން މިހެން ދެންނެވުމުން ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންގެ ހުރިހާ މުސީބާތަކުން ސަލާމަތް ކުރައްވާ ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާކޮށްފައި ބުނަން،


މާތްރަސްކަލާނގެ ބަރަކާތް ހުރީ ރަޙުމް ކުރާ މީހުންނަށް. އެހެނީ އެފަދަމީހުންނަށް އެކަލާނގެ ރަޙުމަތްލައްވާނެ.


މާތް ރަސްކަލާނގެ ތިޔަބައިމީހުންގެ ކަންކަމާއި މެދު ފައިސަލާ ކުރައްވާނީ ތިޔަބައިމީހުން އަނެކުންގެ ކަންކަމާއި މެދު ފައިސަލާ ކުރާ ގޮތަށް. އަދި މާތްރަސްކަލާނގެ ތިޔަބައިމީހުންނާއި މެދު މިނާލައްވާނީ ތިޔަބައިމީހުން އަނެކުންގެ ކަންކަމާއި މެދު މިނި ނާޅިއަކުން.


އެ ރަށްރަށުގައި އެމީހުން އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުންނަށް ހިތްވަރު ދީ އީމާންކަން މަތީ ދެމިތިބުމަށް ގޮވާލިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅުގެ ބާރު ފުރިހަމަ ގޮތުގައި ހިނގާނެ ދުވަހުގެ ކުރިން އަހަރެމެންނަށް ވަރަށް ގިނަ އަނިޔާ ތަކާ ކުރިމަތިލާން ޖެހޭނެއޭ.⁠“


އަދި ނުބައި ނުލަފާ މީސްތަކުންގެ ކިބައިން އަހަރެމެން ރައްކާތެރި ކޮށްދެއްވުމަށް އެދިގެން ވެސް ދުޢާ ކުރާށެވެ. ސަބަބަކީ ގިނަ މީސްތަކުންނީ ދިންނެވުން ލިބިދޭ އުފާވެރި ޚަބަރުފުޅަށް އީމާންވާ މީހުންކަމުގައި ނުވާތީއެވެ.


އަހަރެން ޖަވާބު ދެއްވީމެވެ. ”⁠ސާހިބާ! އަޅުގަނޑަކަށް ނޭނގޭ. ތިބާ ބުނެދެއްވާ.⁠“ އެބޭކަލަކު އަހަރެންނަށް ވިދާޅުވިއެވެ. ”⁠އެބައިމީހުންނީ އެބައިމީހުންނަށް ދިމާވި ބޮޑެތި ކާރިސާއިން ސަލާމަތް ވެގެން އައިސް ތިބި ބައެއް. އެބައިމީހުންގެ ރިދާތައް އެބައިމީހުން ދޮވުނު. އަދި ޅަކަންބަޅީގެ ލެއިން އެތަކެތި ވަނީ ހުދު ކުރެވިފަ.


ފިލިސްޠީނުން އައިސް ހަނގުރާމަކޮށް ހަދައެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކު ވެސް ދާއޫދު އެ ހަނގުރާމައެއް ފަތަޙަ ކުރެއެވެ. އަދި ރަސްގެފާނުގެ އެހެން ހުރިހާ ހަނގުރާމަވެރި އޮފިސަރުންނަށް ވުރެން ކުރިހޯދައެވެ. ނަތީޖާއަކަށް ވީ ދާއޫދު އިތުރަށް ނަން މަޝްހޫރު ވެގެން ދިއުމެވެ.


ދާއޫދު މިވާހަކަ ދަންނަވާ ނިމުމުން ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅާ! ތިއީ ކަލޭގެ އަޑުތަ؟⁠“ ދެން އެކަލޭގެފާނު ގަދަ އަޑުން ކީރިތި ކުރައްވައިގެންފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ