Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 26:2 - ކިތާބުލް މުޤައްދަސާ

2 ޝާއުލްގެފާނު ދާއޫދު އަތުލައި ގެންނެވުމަށް ތިންހާސް ފަހުލަވާނުންގެ ލަޝްކަރަކާއެކު ޒީފުގެ ސަހަރާގެ ތެރެއަށް ވަޑައިގެންފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 26:2
7 ပူးပေါင်းရင်းမြစ်များ  

ޝާއުލްގެފާނު އިސްރާއީލީންގެ ތިންހާސް މީހުން ހޮއްވަވައި އޭގެ ތެރޭން ދެ ހާސް މީހުން އެކަލޭގެފާނާ އެކު ބައިތުއީލް ފަރުބަދަމަތީ ރަށެއް ކަމަށްވާ މިޚްމާސް އަށް ގެންދެވިއެވެ. އަދި އެއްހާސް މީހުން ބަންޔާމީންގެ ސަރަހައްދުގައި އޮންނަ ޖިބްޢައަށް ދަރިކަލުން ޔޫނަތައިންގެ ގާތަށް ފޮނުއްވިއެވެ. ފައުޖުގައި ބާކީ ތިބި މީހުން އެމީހުންގެ ގޭގެއަށް ފޮނުއްވިއެވެ.


އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކަލެއަކީ އަހަންނަށް ވުރެން މާ ރަނގަޅު މީހެއް. ކަލޭ އަހަންނާމެދު ކަންތައް ކުރީ ރަނގަޅަށް. އެކަމަކު ކަލެއާ މެދު އަހަރެން ކަންކުރީ އިހާނާތްތެރި ގޮތުގައި.


ދެން ޝާއުލްގެފާނު އިސްރާއީލުގެ ތެރޭން ހޮވައިގެން ގެންނެވި ކުޅަދާނަ ތިންހާސް ފަހުލަވާނުންނާ އެކު އެހިސާބުގައި ”⁠އޮންނަ ވަލު ބަކަރިތަކުގެ ގާ⁠“ އޭ ކިޔާ ހިސާބު ހޯއްދަވަން ފައްޓަވައިފިއެވެ.


އިސާހިތަކު މަގުމަތީގައި ކަންބަޅިބަކަރި އައިންތަކެއް ހުރި ހިސާބަކަށް އެކަލޭގެފާނަށް ވަޑައިގެންނެވިއްޖެއެވެ. ދެން އެހިސާބުގައި ހުރި ހޮހަޅައަކާ އަރާ ހަމަވިތަނާ ޝާއުލްގެފާނު ހާޖަތެއް ފުއްދަވަން ޖެހިވަޑައިގެން އެތަނަށް ވެދެވަޑައިގެންފިއެވެ. އެވަގުތު ދާއޫދުއާއި އޭނާގެ މީހުން ތިބީ އެ ހޮހަޅައިގެ ފުނުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ