1 ޞަމޫއީލް 26:19 - ކިތާބުލް މުޤައްދަސާ19 އަޅުގަނޑު މިދަންނަވާ އެއްޗެއް ސާހިބު ރަސްގެފާނު އަޑުއައްސަވާ ބައްލަވަ. ތިޔައީ މާތްރަސްކަލާނގެ އެންގެވި އެންގެވުމެއް ނަމަ އެކަލާނގެއަށް ޤުރުބާނީއެއް އަދާ ކުރުމުން އެކަލާނގެ ރުހި ވޮޑިގެންފާނެ. ތިޔައީ ބަޔަކު އަމިއްލަ ގޮތުން ކުރާ ކަމެއް ނަމަ މާތްރަސްކަލާނގެ އެބަޔަކަށް ލަޢުނަތް ލައްވާހުށި. އެހެނީ އެމީހުން މިވަނީ އަޅުގަނޑަށް މާތްރަސްކަލާނގެ ދެއްވި ނިޢުމަތުން މަހުރޫމު ކުރުވާފައި. އެމީހުން ބުނާ ކަހަލަ ’ދޭ އެހެން ކަލަކަށް އަޅުކަން ކުރަން.‘ အခန်းကိုကြည့်ပါ။ |
އޭގެ ވަސްދުވުމުން ނޫޙުގެފާނު މި އަދާކުރެއްވި އަޅުކަމާ މެދު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ އަދި މިފަދައިން އެކަލާނގެ ނިންމެވިއެވެ. ”އިންސާނުންގެ ހިތުގައި ކުޑައިރުއްސުރެން ވެސް އުފެދޭ ޚިޔާލުތަކަކީ ނުބައިނުލަފާ ޚިޔާލުތައް ކަމުގައި ވީ ނަމަވެސް ތިމަންކަލާނގެ މިފަހަރު ކަންތައް ކުރެއްވި ފަދައިން މީގެ ފަހުން ދުވަހަކު ވެސް އިންސާނުން ކުރާ ނުބައި އަމަލުތަކުގެ ސަބަބުން މުޅި ބިމަށް ކޯފާއެއް ނުފޮނުއްވާނަން. އަދި މިފަދައިން މީގެ ފަހުން ހުރިހާ ދިރޭ ތަކެއްޗެއް ދުވަހަކު ވެސް ނައްތައެއް ނުލައްވާނަން.
ދާއޫދުގެފާނު އަބީޝާއި އާއި އެކަލޭގެފާނުގެ އަރިހުބޭފުޅުންނަށް އެންގެވިއެވެ. ”ނިކަން ބަލާބަލަ، އަހަރެން މަރަން ނުކުމެ އެހެރީ އަހަރެންގެ އުފަން ދަރި. މިމީހާއަކީ ބަންޔާމީންގެ އާއިލާގެ މީހެއް. އެހެންވީއިރު އަހަރެން މަރާލަން އުޅެން އެންމެ ލާއިގު މީހަކީ މީނާއެއް ނޫންތަ؟ އޭނާޔާ އަޅާ ނުލާ. އަހަންނާ ދިމާލަށް އޭނާ ކިޔާނެހާ އެއްޗެއް ކިޔަން ދޫކޮށްލާ. އަހަންނަށް އެއްޗެހި ގޮވަން އޭނާއަށް އެންގެވީ މާތްރަސްކަލާނގެ.