17 ޝާއުލްގެފާނަށް ދާއޫދުގެ އަޑު އެނގިވަޑައި ގެންފިއެވެ. ވިދާޅުވިއެވެ. ”ދަރިފުޅާ ދާއޫދު؟ ތިއީ ކަލޭގެ އަޑުތަ؟“ ދާއޫދު ދެންނެވިއެވެ. ”އާދެ ރަސްގެފާނު މަސާހިބު!“
ޔަޢުޤޫބުގެފާނަށް އެ ރިދާކޮޅު ފެނިވަޑައިގެންނެވި ހިނދު ޙައިރާންވެ ވަޑައިގެން ހުންނަވާ މިފަދައިން ވިދާޅުވިއެވެ. ”މިއީ އަހަރެންގެ ދަރިކަލުންގެ ރިދާ! ކޮންމެވެސް ވަލުޖަނަވާރަކު އަހަރެންގެ ދަރިފުޅު ޔޫސުފަށް ޙަމަލާދީ މަރައި ކުދިކުދި ކޮށްގެން ކައިފި.“
ދާއޫދު މިވާހަކަ ދަންނަވާ ނިމުމުން ޝާއުލްގެފާނު ވިދާޅުވިއެވެ. ”ދަރިފުޅާ! ތިއީ ކަލޭގެ އަޑުތަ؟“ ދެން އެކަލޭގެފާނު ގަދަ އަޑުން ކީރިތި ކުރައްވައިގެންފިއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ. ”ކަލެއަކީ އަހަންނަށް ވުރެން މާ ރަނގަޅު މީހެއް. ކަލޭ އަހަންނާމެދު ކަންތައް ކުރީ ރަނގަޅަށް. އެކަމަކު ކަލެއާ މެދު އަހަރެން ކަންކުރީ އިހާނާތްތެރި ގޮތުގައި.
ދާއޫދު ހޮހަޅައިން ނުކުމެ އެކަލޭގެފާނުގެ ފަހަތުގައި ހުރެ ގޮވައި ދަންނަވައިފިއެވެ. ”ސާހިބު ރަސްގެފާނު!“ ރަސްގެފާނު އެނބުރިވަޑައިގެން ބެއްލެވި އިރު ދާއޫދު ގުދުވެ ބިންމަތީ މޫނު ޖައްސައި ކުރުނީސް ކޮށްގެން ހުއްޓެވެ.