Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 26:12 - ކިތާބުލް މުޤައްދަސާ

12 ދެން ދާއޫދާއި އަބީޝާއި ޝާއުލްގެފާނުގެ އިސްތަށިފުޅު ކާރީގައި ހުރި ފެން ގުޅިއާއި ލޮންސި ހިފައިގެން އެކަކަށް ވެސް ހިލަމެއް ނުވެ އެތަނުން ނުކުމެގެން ހިނގައްޖެއެވެ. އެހެނީ މާތްރަސްކަލާނގެ ވަނީ އެމީހުންގެ މައްޗަށް ގަދަ ނިންޖެއް ފޮނުއްވާފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 26:12
7 ပူးပေါင်းရင်းမြစ်များ  

އިރު އޮއްސެމުން ދިޔަ ހިނދު އަބްރާމްއަށް ވަރަށް ފުން ނިންޖަކުން ނިދިކުރެއްވުނެވެ. އަދި ވަރަށް ބޮޑު ބިރުވެރިކަމެއް އެކަލޭގެފާނުގެ މައްޗަށް ވެރިވިއެވެ. އަދި ހުރިހާ ދިމާއަކަށް އަނދިރިކަން ފެތުރުނެވެ.


ދެން މަތިވެރިރަސްކަލާނގެ އިންސާނާ ފުން ނިންޖަކުން ނިންދަވާލެއްވިއެވެ. އަދި އޭނާ ނިދީގެ ތެރޭގައި ވަނިކޮށް އޭނާގެ އަރިކަށިން ކަށިގަނޑެއް ނެންގެވުމަށް ފަހު އެތަނަށް މަސް ލައްވައި ބައްދަވާލެއްވިއެވެ.


މީހަކު އައިސް ދާއޫދުގާތު ބުނެއްޕެވެ. ”⁠މާތްރަސްކަލާނގެ ކަލޭގެފާނަށް އެދުވަހަކާ މެދު ވަޢުދު ކުރެއްވި ދުވަސް މިއޮތީ އައިސްފަ. އެކަލާނގެ އެންގެވިއެއް ނޫންތަ ކަލޭގެ އަދާވާތްތެރިންނަށް ކަލޭ ހަދާނެ ގޮތެއް ހެދުމަށް ކަލެއާ ހަވާލު ކުރައްވާނަމޭ.⁠“ ދެން ދާއޫދު ސިއްރު ސިއްރުން ގޮސް ޝާއުލްގެފާނުގެ ހެދުންކޮޅުގެ ފަސްބައިން ތަންކޮޅެއް ކަނޑައިގެން ގެންގޮސްފިއެވެ.


ދެން ދާއޫދު މަގު ހުރަސްކޮށް އަނެއްފަރާތު ހުރި ފަރުބަދައިގެ މައްޗަށް އަރައި އަތުނުޖެހޭ ހިސާބު ދުރުގައި ހުރެ ޝާއުލްގެފާނުގެ ސިފައިންނަށާއި ނައިރުގެ ދަރި އަބްނައިރަށް ގޮވައިފި އެވެ. ”⁠އަބްނައިރު! ކަލެއަށް މި ގޮވާ އަޑެއް ނީވޭތަ؟⁠“ އަބްނޭރު ޖަވާބު ދިނެވެ. ”⁠ކާކުތަ ރަސްގެފާނަށް ތިޔަ ގޮވަނީ؟⁠“


ދާއޫދާއި އަބީޝާއި ދަންވަރު އެތަނަށް ގޮސް ބަލާލިއިރު ޝާއުލްގެފާނުގެ ލޮންސި ބޯލާކޮޅު ބިމަށް ހަރާފައި ހުއްޓެވެ. އަބްނައިރު އާއި އެހެން އެންމެން އެތާ ވަށައިގެން މަރު ނިދީގައި ތިއްބެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ