Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 26:11 - ކިތާބުލް މުޤައްދަސާ

11 އަހަރެމެންގެ އަތުން އެކަލޭގެފާނަށް ގެއްލުމެއް ދޭން މާތްރަސްކަލާނގެ އިރާދަ ނުކުރައްވާށި. ހިނގާ، އެކަލޭގެފާނުގެ ފެން ގުޅިއާއި ލޮންސި ހިފައިގެން މިތަނުން ދާން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 26:11
11 ပူးပေါင်းရင်းမြစ်များ  

ދާއޫދު ބުންޏެވެ. ”⁠މާތްރަސްކަލާނގެ އިސްކުރައްވާފައި ވެރިޔަކު މަރާލަން ކަލޭ ބިރެއް ވެސް ނުގެންތަ؟⁠“


ރަސްގެފާނު ވިދާޅުވިއެވެ. ”⁠އަހަންނާ ކަލޭގެ ބޭބެ ޔޫއާބު އާ އޮތީ ކޮން ބެހޭކަމެއް؟ މިކަންތަކާ ހެދު ކަލޭމެން މިއަދު މަށާ ދެކޮޅުވަނީ ކީއްވެ؟ މިއަދު އިސްރާއީލުގެ އެއްވެސް މީހަކު މަރައިގެން ނުވާނެ. މިއަދަކީ އަހަރެން އިސްރާއީލުގެ ރަސްކަމަށް އިސް ވާ ދުވަސްކަމަށް ވާތީ އުފާފާޅުކުރަން ޖެހޭ ދުވަހެއް.⁠“


ތިޔަބައިމީހުންނާއިމެދު އިހާނެތިކޮށް އަމަލުކުރި ފަރާތްތަކާ މެދު ބަދަލު ނުހިފާށެވެ. އަދި ތިޔަބައިމީހުންނާއި މެދު ބަދުބަސް ބުނާނެ ފަރާތްތަކާމެދުގައި ވެސް ބަދަލު ނުހިފާށެވެ. އޭގެ ބަދަލުގައި އެބައިމީހުންނަށް ރަޙުމަތް ލެއްވުމަށް އެދި ދަންނަވާށެވެ. އެހެނީ ތިޔަބައިމީހުންނަކީ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ ބައެކެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވައެވެ.


އަހަރެން މިހާރު މިހިރީ ކަލޭމެންގެ ކުރިމަތީގައި. އަހަރެން ކަލޭމެންގެ ވެރިއެއްގެ ގޮތުގައި ހުރި އިރު ތިއިން އެއްވެސް މީހަކަށް ދެރައެއް ދިނިންތަ؟ އެއްވެސް މީހެއްގެ ގެރިއެއް ހިމާރެއް ނެގިންތަ؟ އެއްވެސް މީހެއް އެދޭ ގޮތަކަށް ކަންތައް ނިންމައި ދިނުމަށް ރިޝްވަތެއް އަތުލާފައި ވާނެތަ؟ އެފަދަ ކަމެއް އަހަރެންގެ ފަރާތުން ކުރެވިފައި ވާނަމަ މާތްރަސްކަލާނގެއާއި ކަލޭމެންގެ އެކަލާނގެ ހޮއްވަވާފައިވާ ރަސްގެފާނުގެ ހާޒިރުގައި އެވާހަކަ ބުނޭ. އޭރުން އަހަރެން އޭގެ ބަދަލު އަދާކޮށް ދޭނަން.⁠“


އަޅުގަނޑުމެން ކުރި ކުށެއް ވިއްޔާ އެކުށަކަށް އިންސާފު ކުރައްވާނީ މާތްރަސްކަލާނގެ. ކަލޭގެފާނު އަޅުގަނޑާއި މެދު ކުރެއްވި ކަމަކަށް އެކަލާނގެ ސަޒާ ދެއްވާނެ. އެކަމަކު އަޅުގަނޑު ކަލޭގެފާނަކަށް ގެއްލުމެއް ނުދޭނަން.


މީހަކު އައިސް ދާއޫދުގާތު ބުނެއްޕެވެ. ”⁠މާތްރަސްކަލާނގެ ކަލޭގެފާނަށް އެދުވަހަކާ މެދު ވަޢުދު ކުރެއްވި ދުވަސް މިއޮތީ އައިސްފަ. އެކަލާނގެ އެންގެވިއެއް ނޫންތަ ކަލޭގެ އަދާވާތްތެރިންނަށް ކަލޭ ހަދާނެ ގޮތެއް ހެދުމަށް ކަލެއާ ހަވާލު ކުރައްވާނަމޭ.⁠“ ދެން ދާއޫދު ސިއްރު ސިއްރުން ގޮސް ޝާއުލްގެފާނުގެ ހެދުންކޮޅުގެ ފަސްބައިން ތަންކޮޅެއް ކަނޑައިގެން ގެންގޮސްފިއެވެ.


ދާއޫދުގެ މީހުންނަށް އޭނާ ބުންޏެވެ. ”⁠އަހަރެންގެ ސާހިބާއާ މެދު މިފަދަ ކަމެއް ކުރެވޭނެ ގޮތް މާތްރަސްކަލާނގެ މެދުވެރި ނުކުރައްވާށި! މާތްރަސްކަލާނގެ އައްޔަން ކުރައްވާފައިވާ ރަސްކަލަކާ ދިމާއަށް އަތް އުފުއްލެވޭނެ ގޮތް މެދުވެރި ނުކުރައްވާށި!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ