1 ޞަމޫއީލް 25:7 - ކިތާބުލް މުޤައްދަސާ7 އޭނާއަށް ކަލޭ މިތަނުގައި ކަންބަޅި ކެހެރި ކޮށަން އުޅޭ ޚަބަރު އިވިގެން އަހަރެމެން ފޮނުވީއޭ. އޭނާ ބުނީ ކަލެއަށް އަންގާށޭ ކަލޭގެ ބަކަރި ބަލަހައްޓާ މީހުން އޭނާގެ ކައިރީގައި ކަރްމަލްގައި ސަލާމަތުން އެބަތިއްބޭ. އެމީހުންގެ އަތުން އެއްވެސް އެއްޗެއް ނުގެއްލެޔޭ. အခန်းကိုကြည့်ပါ။ |
އަދި ސިފައިންގެ މީހުންގެ ބަޔަކު ވެސް އެތަނަށް އައެވެ. އެމީހުން ވެސް ޔަޙުޔާގެފާނަށް ބުންޏެވެ. ”އަހަރެމެން ތައުބާވެއްޖެކަން ހާމަ ކުރުމަށް ކުރަންވީ ކޮންކަމެއް؟“ ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”މީހުން އަތުން ގަދަކަމުން ފައިސާ ނާތުލާ. އަދި މީހުންނަށް ދޮގު ތުހުމަތުތައް ކޮށް ބިރުގަންނަވައިގެން ވެސް ފައިސާ ނާތުލާ. ކަލޭމެންނަށް ލިބޭ މުސާރައިން ހިތްހަމަ ޖައްސައިގެން ތިބޭ.“
އެހެންވީމާ، އަޚުންނާއި އުޚުތުންނޭވެ. ފަހުބަހެއްގެ ގޮތުގައި އަހަރެން ބުނެލަން އެދޭ އެއް ވާހަކައެއް ވެއެވެ. އެއީ ތެދުވެރިކަމާއި ގަދަރާ އަދި އިންސާފާ މެދުގައި ތިޔަބައިމީހުން ވިސްނުމެވެ. ސާފުތާހިރު ގޮތަކީ ކޮބައިކަމާއި އަދި ލޮބުވެތި ރުހެވޭ ގޮތްތަކަކީ ކޮބައި ކަމާ މެދުގައި ވިސްނުމެވެ. އެންމެ ހެޔޮ ގޮތާއި އަދި ތަޢުރީފު ޙައްޤުވަނީ ކޮން ކަންތަކެއްތޯ ވެސް ވިސްނުމެވެ.