Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 25:6 - ކިތާބުލް މުޤައްދަސާ

6 އަދި އޭނާގެ ގާތު މިހެން ބުނާށޭ ވެސް ބުންޏެވެ. ”⁠ދާއޫދު ކަލެއަށާއި ކަލޭގެ އާއިލާއަށް ދިގު އުމުރެއް ދެއްވައި ތަނަވަސްކަން އިތުރު ކުރެއްވުން އެދި ހެޔޮ ދުޢާ ސަލާމް ފޮނުވައޭ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 25:6
12 ပူးပေါင်းရင်းမြစ်များ  

ދެން ޚާދިމުކަލޭގެ މިފަދައިން ޖަވާބު ދިނެވެ. ”⁠އެއީ އެއްވެސް ކަމެއް ނޫން. އެއްގޮތަކަށް ވެސް ތިޔަކަމާއި ބިރު ނުގަނޭ. ތިޔަބައިމީހުންގެ ގޯނިތަކަށް އެފައިސާ ލައްވާފައި އެވަނީ ތިޔަބައިމީހުންގެ ކަލާނގެ، އަދި ތިޔަބައިމީހުންގެ ކާބަފައިންގެ ވެސް ވެރި ކަލާނގެމެ. ތިޔަބައިމީހުން ގޮވާން ގަތުމަށްޓަކައި ކުރީފަހަރު އަހަރެންގެ އަތަށް ދިން ފައިސާ އަހަރެންނަށް ހަމައަށް ލިބުނު.⁠“ އެއަށް ފަހު ޚާދިމުކަލޭގެ ޝިމްޢޫން ޖަލުން ނެރެގެން އެބައިމީހުންގެ ގާތަށް ގެނައެވެ.


އަޚީމައަސް ރަސްގެފާނަށް އިވޭހާ ބާރަށް ދެންނެވިއެވެ. ”⁠ހުރިހާ ކަމެއް ވެސް ރަނގަޅު.⁠“ ދެން އޭނާ ރަސްގެފާނުގެ ކުރިފުޅުމަތީ ބިންމަތީ މޫނު ޖެހޭވަރަށް ގުދުވެއްޖެއެވެ. އޭނާ ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ އަށް ޙަމްދު ހުރި. އެކަލާނގެ އަދާވާތްތެރިން ބަލި ކުރައްވައިފި.⁠“


ކަލޭމެން ގެއަކަށް ވަންނައިރު އެގެއެއްގެ ބަޔަކަށް ސަލާމް ލެއްވުމަށް އެދޭތި.


އަހަރެން ކަލޭމެންނާއި ވަކިވެ މިދަނީ ކަލޭމެންނަށް ހަދިޔާއެއް ދީފައި، އެ ހަދިޔާއަކީ ފުރާނައިގެ ހިތްހަމަޖެހުން. މި ހިތްހަމަޖެހުމަކީ އަހަރެންގެ ފަރާތުން ކަލޭމެންނަށް ލިބިދޭ ހިތްހަމަޖެހުމެއް. އަދި މިދުނިޔޭގެ އެއްވެސް އުފަލަކުން ކަލޭމެންނަކަށް ފުރާނައިގެ ހިތްހަމަ ޖެހުމެއް ނުހޯދޭނެ. ވީމާ އެއްވެސް ކަމަކާއި ކަންބޮޑުވެ ބިރުގަނެގެން ނޫޅޭ.


މާތް ސާހިބާ އާއި މެދު ތިޔަބައިމީހުންގެ ކިބައިގައި ހުރި ވަރުގަދަ އީމާންތެރިކަމުން އަހަރެމެންގެ ދިރުން އާލާވެއްޖެއެވެ.


އަހަރެންގެ ދުޢާ އަކީ ސުލްހައިގެ ވެރި މާތްސާހިބާ ތިޔަބައިމީހުންގެ ހިތްތަކަށް ހުރިހާ ވަގުތުތަކާއި ޙާލަތުތަކުގައި ވެސް ސުލްޙަވެރިކަން ދެއްވުމެވެ.


ނަމަވެސް މިފަދަ ހުވަފަތް އަންހެނުން އެދުންވެރި ހިތަކައިގެން ދިރިއުޅުން ވޭތުކުރާ ކަމުގައި ވަނީނަމަ ދިރިހުރި ކަމުގައިވިޔަސް ރޫޙާނީ ގޮތުން އެކަނބަލުން ވަނީ މަރުވެފައެވެ.


އޭނާ ދިހަ ޒުވާނުން ނާބާލްގެ ގާތަށް ފޮނުވައިފިއެވެ. އޭނާ އެމީހުންނަށް އެންގީ ކަރްމަލަށް ގޮސް ނާބާލް ހޯދާފައި އޭނާގެ ސަލާމް ރައްދުކޮށް ދޭށޭ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ