Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 25:41 - ކިތާބުލް މުޤައްދަސާ

41 އަބީޖާއިލް ބިންމަތީ މޫނު ޖެހޭވަރަށް ގުދުވެފައި ބުންޏެވެ. ”⁠އަހަރެން މީ އޭނާގެ އަޅެއް. އޭނާގެ ޚާދިމުންގެ ފައިތިލަ ދޮވެ ދޭން ވެސް މިހިރީ ތައްޔާރަށް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 25:41
10 ပူးပေါင်းရင်းမြစ်များ  

މިއަޅާއަށް ގެނެވިފައި މިވާ ފެންފޮދުން ތިޔަބޭކަލުންގެ ދެ ފައިތިލަ ދޮންނެވުމަށް ފަހު މިގަހުގެ ހިޔަލުގައި އަރާމު ކުރައްވާ.


މާތްރަސްކަލާނގެއަށް ބިރުވެތިވުމުން ޙިކުމަތްތެރިޔަކަށް ވެވެއެވެ. ހިތްތިރި ކުރުމުން ޝަރަފު ލިބިގަނެވެއެވެ.


ބޮޑާކަން އެއީ މީހާގެ ހަލާކެވެ. ހިތްތިރިކަން އެއީ މީހާގެ ޝަރަފެވެ.


މީސްތަކުންނަށް އެކަލޭގެފާނު ގޮވާލައްވަމުން ގެންދެވިއެވެ. ”⁠އަހަރެންނަށް ފަހު ވަޑައިގަންނަވާ ބޭކަލަކީ އަހަރެންނަށް ވުރެން މާ މަތިވެރި ބޭކަލެއް. އަހަރެންނަކީ އެބޭކަލެއްގެ ފައިންޕުޅު ދަށަށް ގުދުވެ ފައިވާންފުޅު މޮހެދެއްވާ އަޅެއްގެ ގޮތުގައި ވުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން.


ހުވަފަތް މިފަދަ އަންހެނުންނަށް މީހުންގެ އިޙްތިރާމް ލިބިދޭނެ ސަބަބަކީ އެކަނބަލުން ކޮށްފައިވާ ހެޔޮ އަމަލުތަކެވެ. އެކަނބަލުންގެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރި ނަމައެވެ. އެކަނބަލުންނާއި ބީރައްޓެހި ފަރާތްތަކަށް ހެޔޮކޮށް ހިތި ނަމައެވެ. އެކަނބަލުންގެ ޚިދުމަތް މަސީޙީންނަށް އިޚުލާސްތެރި ކަމާއެކު ލިބިދިން ނަމައެވެ. ދަތިޙާލުގައި ވީ ފަރާތްތަކަށް އެކަނބަލުން އެހީތެރިވި ނަމައެވެ. އެކަނބަލުން އަބަދުވެސް ހެޔޮ އަމަލުތަކަށް ތައްޔާރު ވެގެންހުންނަ ނަމައެވެ.


ރާޢޫތު ބޫޢަޒުގެ ކުރިމައްޗަށް ބިންމަތީ ނިތްޖެހެންދެން ގުދުވެފައި ބުންޏެވެ. ”⁠އަޅުގަނޑަކީ ބީރައްޓެއްސެއް. ސާހިބު އަޅުގަނޑަށް ތިޔަހާ ހެޔޮކޮށް ތިޔަ ހިއްތެވީ ކީއްވެތޯ؟⁠“


ރާޢޫތު ޖަވާބުގައި ބުންޏެވެ. ”⁠އަޅުގަނޑަކީ ސާހިބުގެ މަސައްކަތުގައި އުޅޭ އަންހެން ކުދިންގެ ތެރެއިން ހިމެނޭ މީހަކީމު އެއްވެސް ނޫނީމު. ނަމަވެސް ސާހިބު އަޅުގަނޑަށް ހިތްފަސޭހަކަން ދެއްވައި ތިޔަހާ އޯގާތެރިކޮށް އަޅުގަނޑާ ވާހަކަ ދައްކަވާ ތިޔަ ހެއްދެވީ ސާހިބުގެ ހެޔޮފުޅުކަމުން ކަން އަޅުގަނޑަށް ޔަޤީން ވޭ.⁠“


އަބީޖާއިލް އަށް ދާއޫދު ފެނުމުން އޭނާ ހިމާރު މަތިން ފައިބައި ދާއޫދުގެ ކުރިމަތީގައި ބިމުގައި މޫނު ޖެހޭވަރަށް ގުދު ވެއްޖެއެވެ.


ދާއޫދުގެ ޚާދިމުން ކަރްމަލްއަށް ގޮސް އަބީޖާއިލް ގާތު ބުންޏެވެ. ”⁠އަހަރެމެން މިއައީ ދާއޫދު ފޮނުވައިގެން ކަލޭ އޭނާއާ އިނުމަށް ގޮވައިގެން ދާން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ