1 ޞަމޫއީލް 25:40 - ކިތާބުލް މުޤައްދަސާ40 ދާއޫދުގެ ޚާދިމުން ކަރްމަލްއަށް ގޮސް އަބީޖާއިލް ގާތު ބުންޏެވެ. ”އަހަރެމެން މިއައީ ދާއޫދު ފޮނުވައިގެން ކަލޭ އޭނާއާ އިނުމަށް ގޮވައިގެން ދާން.“ အခန်းကိုကြည့်ပါ။ |
ދާއޫދަށް މިޚަބަރު ލިބުމުން ބުންޏެވެ. ”ޙަމްދު ހުރީ މާތްރަސްކަލާނގެއަށް އެހެނީ އަހަރެންގެ އަތުން އޭނާ މަރު ގަންނަވާނެ ގޮތް މެދުވެރި ނުކުރައްވައި އޭނާ ކުރި ނުބައި ކަންތަކާއި ކުރި މަލާމާތްތަކަށް ޙައްޤު ސަޒާ އެކަލާނގެ އޭނާއަށް ދެއްވައިފި.“ ދެން ދާއޫދު އަބީޖާއިލްގެ ގާތަށް އޭނާއާ ކައިވެނި ކުރުން އެދި މީހަކު ފޮނުވައިފިއެވެ.