Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 25:39 - ކިތާބުލް މުޤައްދަސާ

39 ދާއޫދަށް މިޚަބަރު ލިބުމުން ބުންޏެވެ. ”⁠ޙަމްދު ހުރީ މާތްރަސްކަލާނގެއަށް އެހެނީ އަހަރެންގެ އަތުން އޭނާ މަރު ގަންނަވާނެ ގޮތް މެދުވެރި ނުކުރައްވައި އޭނާ ކުރި ނުބައި ކަންތަކާއި ކުރި މަލާމާތްތަކަށް ޙައްޤު ސަޒާ އެކަލާނގެ އޭނާއަށް ދެއްވައިފި.⁠“ ދެން ދާއޫދު އަބީޖާއިލްގެ ގާތަށް އޭނާއާ ކައިވެނި ކުރުން އެދި މީހަކު ފޮނުވައިފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 25:39
29 ပူးပေါင်းရင်းမြစ်များ  

އަނތްބެއް ލިބޭ މީހާއަށް ޚަޒާނާއެއް ލިބިއްޖެއެވެ. އެއީ މާތްރަސްކަލާނގެ ދެއްވާ ނިޢުމަތެކެވެ.


މައިންބަފައިންނަށް ދަރިންނަށް ގެދޮރާއި މުދާ ދެވިދާނެއެވެ. ހެޔޮ އަނތްބަކު ދެއްވަނީ މާތްރަސްކަލާނގެއެވެ.


އެހެނީ އެމީހުންނަށް ރައްކާތެރިކަން ދެއްވަނީ މާތްރަސްކަލާނގެއެވެ. އެމީހުންނަށް ގެއްލުންދޭ މީހާއަށް އެކަލާނގެ ގެއްލުން ދެއްވާނެތެވެ.


ތެދުވެރި ކެރޭ އަންހެނަކު ލިބުނީ ކާކަށް ހެއްޔެވެ؟ އެއަންހެނާ އަކީ ރަންމުތަކަށް ވުރެން އަގުހުރި އެއްޗެކެވެ.


ޗާލުކަމަކީ ހެއްލުމެކެވެ. ރިވެތިކަމަކީ ވަގުތީ އެއްޗެކެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވާ އަންހެނާއަށް ހުރިހާ ތާރީފެއް ޙައްޤެވެ.


މާތްރަސްކަލާނގެއީ އަހަރެމެންގެ ފުރާނައިގެ ހިތްހަމަޖެހުމުގެ ވަސީލަތް ކަމަށްވާ ކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުން ފުރިހަމައަށް ތާހިރުކޮށް ދެއްވާށިއެވެ. އަދި މާތްސާހިބާ އީސާ އަލްމަސީޙު އެނބުރި ވަޑައިގެންނެވުމަށް ދާންދެން ތިޔަބައިމީހުން މުޅި ރޫޙާއި ފުރާނަ އަދި ޖިސްމު ފުރިހަމައަށް ރައްކާތެރި ކުރެވި ބަދުނާމުތަކުން އެއްކިބާ ކުރައްވާށިއެވެ.


އާއެކެވެ. މާތްސާހިބާ ކޮންމެ ފަހަރަކު ވެސް މިފަދަ ނުބައިވެގެންވީ ކޮންމެ ހަމަލާއަކުން އަހަރެން ސަލާމަތްކޮށް އެކަލޭގެފާނުގެ ސުވަރުގޭގެ ރަސްކަމަށް އަހަރެން ގެންދަވާނެއެވެ. ހުރިހާ ވެސް ޖަލާލުވަންތަކަމެއް ތާއަބަދަށް ހުރީ އީސާ އަލްމަސީޙަށެވެ! އާމީން!


މާތްރަސްކަލާނގެ އަހަރެމެންގެ ދެމެދުގައި އިންސާފު ކުރައްވާށި. އަދި އަޅުގަނޑު މި ދަންނަވަނީ ތެދެއްކަން އެކަލާނގެ ހެކިވެވޮޑިގަންނަވާށި! މާތްރަސްކަލާނގެ ކަލޭގެފާނުގެ އަތްޕުޅުދަށުން އަޅުގަނޑު ސަލާމަތް ކުރައްވާށި!⁠“


ސާހިބުގެ އަތުން އަދާވާތްތެރިންގެ ލޭ އޮހުރުވުން ހުއްޓުވީ މާތްރަސްކަލާނގެ. ދިރިދެމިވޮޑިގެންވާ ކަލާނގެ ސާހިބުގެ އުމުރު ދަންމަވާށި. އަދި ސާހިބަށް ގެއްލުން ދިނުމަށް ނުކުންނަ އެންމެންނަށް ނާބާލް އެކޭ އެއްފަދައިން ކަންތައް ހިންމަވާށި.


ދާއޫދު އަބީޖާއިލް ގާތު ބުންޏެވެ. ”⁠އަހަރެންގެ ގާތަށް މިއަދު ކަލޭ ފޮނުއްވި އިސްރާއީލުގެ އިލާހު، މާތްރަސްކަލާނގެއަށް ޙަމްދުކުރަން.


ކަލޭ އައިސް މިއަދު އަހަންނާ ބައްދަލު ނުކުރި ނަމަ، އިސްރާއީލުގެ އިލާހު، ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާކޮށްފައި މިބުނީ މާދަމާ އިރު އަރާއިރު ނާބާލްއާއި އޭނާގެ އާއިލާގެ ދިރިހުރި އެންމެ ފިރިހެނަކު ވެސް ނުހުންނާނެ.⁠“


ދާއޫދުގެ ޚާދިމުން ކަރްމަލްއަށް ގޮސް އަބީޖާއިލް ގާތު ބުންޏެވެ. ”⁠އަހަރެމެން މިއައީ ދާއޫދު ފޮނުވައިގެން ކަލޭ އޭނާއާ އިނުމަށް ގޮވައިގެން ދާން.⁠“


ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީބުނަން، އެކަލޭގެފާނާމެދު ނިންމަވާނެ ގޮތެއް އެކަލާނގެ ނިންމަވާފާނެ. އެކަލޭގެފާނުގެ މުސްކުޅި އުމުރުފުޅުގައި ނުވަތަ ހަނގުރާމައެއްގައި ނަމަވެސް އަވަހާރަ ވެދާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ