Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 25:38 - ކިތާބުލް މުޤައްދަސާ

38 އޭގެ ދިހަ ދުވަސް ފަހުން މާތްރަސްކަލާނގެ އޭނާ މަރު ގަންނަވައިފި އެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 25:38
13 ပူးပေါင်းရင်းမြစ်များ  

އެކަމަކު ޢުއްޒާ ދެކެ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގެންނެވި ބޮޑުކަމުން އޭނާ މަރުވެގެން އެ މާތްކަލާނގެ ފޮށިކޮޅު ދޮށަށް ވެއްޓިއްޖެއެވެ. އެހެނީ އުއްޒާގެ ކިބައިގައި މާތްރަސްކަލާނގެއާ މެދު ބަހައްޓަންވާ ޤަދަރުވެރިކަމެއް ނެތެވެ. އަދި އެ ފޮށިކޮޅަށް ދޭންވާ ސަމާލުކަން އޭނާ ދީފައެއް ވެސް ނުވެއެވެ.


އެރޭ ދަންވަރު މާތްރަސްކަލާނގެ މިޞްރުގެ ހުރިހާ ދޮށީ ފިރިހެން ދަރިންގެ މައްޗަށް މަރު ކުރިމަތި ކުރެއްވިއެވެ. ފިރުޢައުނުގެ ދޮށީ ދަރިން ފެށިގެން ހުރަގޭގައި އޮތް ގައިދީގެ ދަރިއަށް ދާންދެންނެވެ. އެމީހުންގެ ޖަނަވާރުތަކުގެ ދޮށީ އެއްޗަށް ދާނދެން އެރޭ މަރުވިއެވެ.


ހަމައެވަގުތު މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު ހެރޮދުއަށް ހަމަލާދިނުމުން އޭނާއަށް ބައްޔެއްޖެހުނެވެ. ދެން އޭނާގެ ހަށިގަނޑުގައި ފަނިތަކެއް އުފެދި ހަށިގަނޑު ހަލާކުވެ އެ ގޮތުގައި އޭނާ މަރުވެ ދިޔައެވެ. ހެރޮދުއާއި ދޭތެރޭ މި ފަދައިން ކަންތައް ވީ އެއީ އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ޙައްޤުވެގެންވާ ސަނާ އެކަލާނގެ ކިބަފުޅަށް ނުދީ އެ ސަނާ އަމިއްލެއަށް ލިބިގަތުމުންނެވެ.


މިއަދު އަހަރެންގެ އަތުން އެތައްބައެއްގެ ލޭ އޮހޮރި ބަދަލުހިފިދާނެ ގޮތް މެދުވެރި ނުވީ ކަލޭގެ ހެޔޮ ވިސްނުމުގެ ސަބަބުން. އެކަމަށްޓަކައި މާތްކަލާނގެ ބަރަކާތް ހުރި.


ހެނދުނު ނާސްތާގެ ވަގުތު އޭނާގެ މަސްތުކަން ފިލުމުން މި ހުރިހާ ވާހަކައެއް ނާބާލްއަށް އޭނާ ކިޔާ ދިނެވެ. އެއާއެކު އޭނާގެ ހަރަކާތް ހުއްޓި ހިލައެއް ފަދައިން ގާ ވެއްޖެއެވެ.


ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީބުނަން، އެކަލޭގެފާނާމެދު ނިންމަވާނެ ގޮތެއް އެކަލާނގެ ނިންމަވާފާނެ. އެކަލޭގެފާނުގެ މުސްކުޅި އުމުރުފުޅުގައި ނުވަތަ ހަނގުރާމައެއްގައި ނަމަވެސް އަވަހާރަ ވެދާނެ.


އެކަމަކު ގާޑިޔާ ދަނީ ކޮން ދިމާއަކަށްތޯ ބަލާތި. ގާޑިޔާ އިސްރާއީލުގެ ބައިތުޝަމްސު އާ ދިމާއަށް ދާނަމަ އަހަރެމެންނަށް މި ދިމާވި އާފާތަކީ މާތްރަސްކަލާނގެ ކިބަފުޅުން ދިމާވި ކަންތަކެއް ކަމަށް ބަލާ. ގާޑިޔާ އެ ނޫން ދިމާއަކަށް ދާނަމަ، މި ދިމާވި ކަންތަކުގައި އެކަލާނގެ އަތްޕުޅެއް ނުވޭ. އެ ވާނީ ތަބީޢީ ގޮތުން ދިމާވި އިއްތިފާގަކަށް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ