1 ޞަމޫއީލް 25:36 - ކިތާބުލް މުޤައްދަސާ36 އަބީޖާއިލް ގެއަށް ދިޔައިރު ނާބާލް އިނީ ރަސްކަލެއް ފަދައިން ކާށެވެ. އޭނާ ވަނީ ރާބޮއި މަސްތުވެ ފޯރި ގަދަވެފަ އެވެ. އެހެންކަމުން އެރެއަކު އޭނާގެ ގާތަކު މީން ވާހަކައެއް އޭނާ ނުދައްކައެވެ. အခန်းကိုကြည့်ပါ။ |
ދެން އަބްޝާލޫމް އޭނާގެ ޚާދިމުންނަށް އެންގިއެވެ. ”ހުޝިޔާރުވެ އަމްނޫނަށް ބަލަންތިބޭތި. އޭނާ މަސްތުވީމާ އަހަރެން އަންގާލާނަން. ދެން ކަލޭމެން ގޮސް އަމްނޫނަށް ހަމަލަދީ މަރާލާ. ކަލޭމެން ކުރަނީ އަހަރެން އެންގި ކަމެއް. ކަލޭމެންނަށް އެކަމުގެ އަދަބު ލިބިދާނެތީ ބިރެއް ގަންނާނެ ކަމެއްނެތް. ހިތްވަރުގަދަ ފަހުލަވާނުންގެ ގޮތުގައި ކަންތައް ކުރޭ!“
ދެން އީސާގެފާނަށް ދަޢުވަތު ދިން މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ކަލޭ ޚާއްސަ ބޮޑު ކެއުމެއް ދެނީ ކަމުގައި ވީ ނަމަވެސް ހަމައެކަނި ކަލޭގެ ރަޙުމަތްތެރިން ނުވަތަ އެއްބަނޑު ތިމާގެ މީހުން ނުވަތަ ކަލޭގެ މުއްސަނދި އަވަށްޓެރިންނަށް އެކަނި ދަޢުވަތު ނުދޭތި. އެ ގޮތަށް ކަލޭ ކަންތައް ކުރީމާ އޭގެ ބަދަލުގައި އެމީހުން ވެސް ކަލެއަށް ދަޢުވަތު ދޭނެ.