1 ޞަމޫއީލް 25:34 - ކިތާބުލް މުޤައްދަސާ34 ކަލޭ އައިސް މިއަދު އަހަންނާ ބައްދަލު ނުކުރި ނަމަ، އިސްރާއީލުގެ އިލާހު، ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާކޮށްފައި މިބުނީ މާދަމާ އިރު އަރާއިރު ނާބާލްއާއި އޭނާގެ އާއިލާގެ ދިރިހުރި އެންމެ ފިރިހެނަކު ވެސް ނުހުންނާނެ.“ အခန်းကိုကြည့်ပါ။ |
އޭގެ އަނެއް ދުވަހު އިރު ނާރަނީސް ޝާއުލްގެ ލަޝްކަރު ތިން ފިރުޤާއަކަށް ބަހާލައިގެން ހަނގުރާމައަށް ނުކުތެވެ. މެންދުރުން ނުވަނީސް ޢައްމޫނީންގެ މީހުންތައް މަރައި ހަފުސް ކޮށްފިއެވެ. ދެން ތިބި މީހުންތައް ބަލިވެގެން ދުއްވައިގެންފި އެވެ. އެމީހުންގެ ލަޝްކަރު ވިއްސިވިހާލިވެ އޭގެ ދެމީހަކު އެއްތަން ނުވެވޭ ވަރު ކޮށްފިއެވެ.
ދާއޫދަށް މިޚަބަރު ލިބުމުން ބުންޏެވެ. ”ޙަމްދު ހުރީ މާތްރަސްކަލާނގެއަށް އެހެނީ އަހަރެންގެ އަތުން އޭނާ މަރު ގަންނަވާނެ ގޮތް މެދުވެރި ނުކުރައްވައި އޭނާ ކުރި ނުބައި ކަންތަކާއި ކުރި މަލާމާތްތަކަށް ޙައްޤު ސަޒާ އެކަލާނގެ އޭނާއަށް ދެއްވައިފި.“ ދެން ދާއޫދު އަބީޖާއިލްގެ ގާތަށް އޭނާއާ ކައިވެނި ކުރުން އެދި މީހަކު ފޮނުވައިފިއެވެ.