32 ދާއޫދު އަބީޖާއިލް ގާތު ބުންޏެވެ. ”އަހަރެންގެ ގާތަށް މިއަދު ކަލޭ ފޮނުއްވި އިސްރާއީލުގެ އިލާހު، މާތްރަސްކަލާނގެއަށް ޙަމްދުކުރަން.
”މާތްކަލާނގެ، އަޅާގެ ސާހިބު އިބްރާހީމްގެފާނުގެ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުސަނާ ދަންނަވަމު. މާތްރަސްކަލާނގެ އިބްރާހީމްގެފާނާއި މެދު އޯގާތެރިވެ ވޮޑިގަންނަވާ އަދި ތެދުވެރިވެ ވޮޑިގަންނަވާ. އަޅާގެ ސާހިބާގެ ގާތްތިމާގެ ފަރާތްތަކާއި އަޅާ ބައްދަލު ކުރުވައިފީމު.“
ޔަޘްރޫ ބުންޏެވެ. ”މާތްރަސްކަލާނގެއަށް ޙަމްދުހުރި. އެހެނީ އެކަލާނގެ ކަލޭ މިޞްރު މީހުންނާއި ފިރުޢައުނުގެ އަތްދަށުން ސަލާމަތް ކޮށްދެއްވައިފި. އާނ! އެކަލާނގެ އިސްރާއީލީން މިޞްރުގެ ގަދަފަދަ އަތްދަށުން ސަލާމަތް ކޮށްދެއްވައިފި.
”ބަނީއިސްރާއީލުންގެ މާތްސާހިބުވަންތަ ރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ހުރި! އެކަލާނގެ، އެކަލާނގެ މީސްތަކުން ދިންނެވުމަށް ފައްޓަވައިފި.