Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 25:30 - ކިތާބުލް މުޤައްދަސާ

30 މާތްރަސްކަލާނގެ ސާހިބަށް ހުރިހާކަމެއް ކޮށް ދެއްވަނީ އެކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދަ ފުރިހަމަ ގޮތުގައި. އަދި އިސްރާއީލުގެ ވެރިކަން ވެސް ސާހިބަށް ދެއްވާފައިވޭ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 25:30
7 ပူးပေါင်းရင်းမြစ်များ  

ކަލޭގެފާނަކީ ޝާއުލްގެފާނުގެ ދުނިޔޭގައި ކުރި ހުރިހާ ހަނގުރާމައެއްގައި ވެސް އިސްވެ ހުންނަވައި އަދާވާތްތެރިންގެ މައްޗަށް ކާމިޔާބު ހޯއްދެވި ކަލޭގެފާނު. މާތްރަސްކަލާނގެ ވަނީ އެކަލާނގެ މީހުންގެ މައްޗަށް މަގު ދައްކަވާނެ ބޭކަލެއް ކަމުގައި ކަލޭގެފާނު ލައްވައި، އެމީހުންގެ ރަސްކަލަކަށް ކަލޭގެފާނު ހައްދަވާނެ ކަން އަންގަވާފައި.⁠“


އެކަމަކު ދެން ކަލޭގެފާނުގެ ރަސްކަމެއް ދެމިއެއް ނޯންނާނެ. އެހެނީ ކަލޭގެފާނު ވަނީ މާތްރަސްކަލާނގެ އަމުރުފުޅާ ޚިލާފުވެފައި. މިހާރު މާތްރަސްކަލާނގެ ވަނީ އެކަލާނގެ ރުހިވޮޑިގަންނަވާ މީހަކު ހޯއްދަވައި އިސްރާއީލުގެ ވެރިއެއްގެ ގޮތުގައި ހަމަޖައްސަވާފައި.⁠“


ދެން ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެފާނުގެ ރަސްކަން މިއަދު މާތްރަސްކަލާނގެ ވީދާ ލައްވައިފި. އިސްރާއީލުގެ ރަސްކަމަށް މިރަށާ އިންވެގެން އޮތް ރަށުން މީހަކު އެކަލާނގެ ހަމަޖައްސަވައިފި. އެއީ ކަލޭގެފާނަށް ވުރެން ރަނގަޅު މީހެއް.


”⁠ބިރު ނުގަނޭ. ބައްޕައަކަށް ކަލޭ އަތުލައެއް ނުގަނެވޭނެ. އަސްލުގައި އިސްރާއީލުގެ ރަސްކަލަކަށް ވާނީ ކަލޭ. އަހަރެން ހުންނާނީ ކަލޭގެ ދަށުގައި ދެވަނަ މީހަކަށް. ބައްޕައަށް ވެސް މިކަން އެނގޭ.⁠“


މިހާރު ކަލޭ ހުވާކޮށްފައި ބުނޭ ކަލޭ އަހަރެންގެ ދަރިފަސްކޮޅު މަރައި އަހަރެންގެ ބައްޕަގެ އާއިލާއިން އަހަރެންގެ ނަން ފޮހެ ނުލާނެ ކަމަށް.⁠“


މިކަންތައް މިގޮތުގައި ވުމުން ސާހިބުގެ އަތުން ކަމަކާ ނުލާ ބައެއްގެ ލޭ އޮހޮރިގެން އެކަމުގެ ދެރަ ހީވެ ބަދަލު ހިފުން ފަދަ ބޭކާރު ކަމެއް ސާހިބު ކުރައްވާކަށް މެދުވެރިއެއް ނުވާނެ. ސާހިބަށް މާތްރަސްކަލާނގެ އެ މަތިވެރި ކާމިޔާބު ދެއްވީމާ މި ޚާދިމާގެ މަތިން ހަނދާން ބަހައްޓަވާތި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ