1 ޞަމޫއީލް 25:29 - ކިތާބުލް މުޤައްދަސާ29 ސާހިބުގެ ފުރާނައަށް ގެއްލުން ދީ އަނިޔާއެއް ކުރަން އަންނަ މީހެއްގެ ކިބައިން، މީހަކު ޚަޒާނާއެއް ފޮރުވައި ރައްކާ ކުރާނެ ފަދައިން، ސާހިބުގެ އިލާހު، މާތްރަސްކަލާނގެ ސާހިބަށް ސަލާމަތްތެރިކަން ދެއްވައި ހިމާޔަތް ކުރައްވާށި. އަދި އެ ނިޔަތުގައި އަންނަ މީހަކު ސާޅަގައަކަށް ލައި ދޫކޮށްލެވޭ ފަދައިން ހޫރާ ލައްވާށި. အခန်းကိုကြည့်ပါ။ |
ދެން އެމީހުން އިޝްބޫސަތުގެ ބޯ ބުރި ހިފައިގެން ޙަބްރޫނަށް އައިސް ދާއޫދު ރަސްގެފާނުގެ ގާތަށް އަތުވެއްޖެއެވެ. އައިސް އެމީހުން ރަސްގެފާނަށް ދެންނެވިއެވެ. ”ނިކަން ބައްލަވާ! މިއޮތީ ސާހިބު މަރާލަން އުޅުއްވި އަދާވާތްތެރިޔާ ޝާއުލްގެފާނުގެ ދަރިކަލުންގެ ބޯ! މިއަދު މާތްރަސްކަލާނގެ ޝާއުލްގެފާނުގެ އާއިލާގެ ކިބައިން ކަލޭގެފާނަށް ބަދަލު ހިއްޕަވާ ދެއްވައިފި!“
އަޅުގަނޑުގެ ދުޢާއަކީ އެމީހުން އެކަތިގަނޑަކަށް ހައްދަވައި ދެއްވުން. ބައްޕާފުޅާ! އަޅުގަނޑުގެ ކިބައިގައި ބައްޕާފުޅު ވާފަދައިން އަދި ބައްޕާފުޅުގެ ކިބައިގައި އަޅުގަނޑު ވެސް ވާފަދައިން އެމީހުން ވެސް ބައްޕާފުޅާއި އަޅުގަނޑުގެ ކިބައިގައި ލައްވާށި. އޭރުން ދުނިޔޭގެ މީސްތަކުންނަށް އަޅުގަނޑު ފޮނުއްވީ ބައްޕާފުޅުކަން ގަބޫލުކޮށް އީމާންވެވޭނެ.
އަޅުގަނޑު ވަނީ އެމީހުންގެ ކިބައިގައި. އިނބަރަސްކަލާނގެ ވަނީ އަޅުގަނޑުގެ ކިބައިގައި. އެހެންކަމުން އެމީހުންނަކީ ވެސް ފުރިހަމަ އެކައްޗަކަށް ވާނެ. އެއީ އަޅުގަނޑު ދުނިޔެއަށް ފޮނުއްވީ އިނބަރަސްކަލާނގެ ކަން ދުނިޔެއަށް އެނގޭނެ ގޮތް މެދުވެރި ވުމަށްޓަކައި. އަދި އެމީހުން ދެކެވެސް އިނބަރަސްކަލާނގެ އަޅުގަނޑު ދެކެ ވާ ފަދަ ލޯތްބެއް ވާކަން އެނގި ފާޅުވުމަށްޓަކައި.