Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 25:28 - ކިތާބުލް މުޤައްދަސާ

28 ސާހިބުގެ މި ޚާދިމާގެ ފަރާތުން ކުރެވުނު ކުށަށް މަޢާފު ދެއްވާ. މާތްރަސްކަލާނގެ ސާހިބުގެ ރަސްކަން ދާއިމަށް ދަންމަވާށި. އެހެނީ ސާހިބު ތިޔަ ކުރައްވާ ހަނގުރާމައަކީ މާތްރަސްކަލާނގެ އަށްޓަކައި ކުރައްވާ ހަނގުރާމަ ތަކެއް. ސާހިބު ދުނިޔޭގައި ހުރިހާތައް ދުވަހަކު ނުބައި ކަމެއް ކުރައްވަން މެދުވެރި ނުކުރައްވާށި.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 25:28
31 ပူးပေါင်းရင်းမြစ်များ  

ކަލޭގެފާނަކީ ޝާއުލްގެފާނުގެ ދުނިޔޭގައި ކުރި ހުރިހާ ހަނގުރާމައެއްގައި ވެސް އިސްވެ ހުންނަވައި އަދާވާތްތެރިންގެ މައްޗަށް ކާމިޔާބު ހޯއްދެވި ކަލޭގެފާނު. މާތްރަސްކަލާނގެ ވަނީ އެކަލާނގެ މީހުންގެ މައްޗަށް މަގު ދައްކަވާނެ ބޭކަލެއް ކަމުގައި ކަލޭގެފާނު ލައްވައި، އެމީހުންގެ ރަސްކަލަކަށް ކަލޭގެފާނު ހައްދަވާނެ ކަން އަންގަވާފައި.⁠“


އިސްރާއީލީންގެ މައްޗަށް ފަނޑިޔާރުން ލެއްވީއްސުރެން އެމީހުންނަށް އަދާވާތްތެރިން ދޭ ހަމަލަތަކުން ތިމަންކަލާނގެ އެމީހުން ރައްކާތެރި ކޮށްދެއްވީމޭ. އަދި މީގެކުރީގައި ނުލަފާ މީހުންގެ ކިބައިން އެމީހުންނަށް އައި ފަދަ ހަމަލަތައް އައުން ތިމަންކަލާނގެ ހުއްޓުވާނަމޭ. މިހާރު ތިމަންކަލާނގެ މި ވަޢުދުވެ ވޮޑިގަންނަވަނީ ކަލޭގެފާނުގެ ދަރިކޮޅުން ރަސްކަލުން ފޮނުއްވައި އެ ރަސްކަން ދެމެހެއްޓުމަށޭ.


ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިކޮޅު އަބަދުވެސް ތިމަންކަލާނގެ ބަލަހައްޓަވާހުށީމޭ؛ ކަލޭގެފާނުގެ ދަރިކޮޅުން އެކަކު ތަޚުތުގައި އަބަދުވެސް ލަހައްޓަވާ ހުށީމޭ.⁠‘⁠“


އޭ މާތްރަސްކަލާނކޯ! އިސްރާއީލުގެ ވެރި ކުޅަދުންވަންތަ ރަސްކަލާނކޮ! މިއަޅާއަށް އިނބަރަސްކަލާނގެ މިހެން އަންގަވައިފި: ’⁠ކަލެއަށް ތިމަންކަލާނގެ ރަސްމަތިފުށެއް ދެއްވާނަމޭ.⁠‘ އެހެންކަމުން މިއަޅާއަށް މި ދުޢާ އިނބަރަސްކަލާނގެއަށް ދެންނެވުމުގެ ހިތްވަރު ލިބިއްޖެ.


މި އުސޫލުން، ތިޔަބައިމީހުންގެ ކިބާގައިވާ އަލިކަން ވެސް މީސްތަކުންނަށް ފެންނަންވާނެ. ތިޔަބައިމީހުންގެ ކިބައިން ފެންނަ ހެޔޮ ޢަމަލުތަކަށްޓަކައި މީސްތަކުން އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅަށް އެބައިމީހުން ޙަމްދުކުރާނެ.⁠“


އަހަރެންނާއި ކަލޭ ކުރި ނުބައި ކަންތައްތަކުގެ ސަބަބުން އަހަރެމެން މި ގޮތަށް މަރުވުން ޙައްޤު ވެގެން ވޭ. ނަމަވެސް މިމީހާއަކީ އެއްވެސް ނުބައި ކަމެއް ކޮށްފައިވާ މީހެއް ނޫން.⁠“


މިކަންތައްތަކާއި ހަވާލު ވެގެން ހުރި ރޯމުގެ ސިފައިންގެ އޮފިސަރު ބުންޏެވެ. ”⁠މިމީހާއަކީ އެއްވެސް ކުށެއްނެތް ރަނގަޅު މީހެއް ކަން ހަމަ ޔަޤީން.⁠“ މިފެނި ދިޔަ ހުރިހާ ކަންތައްތަކެއްގެ ސަބަބުން އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވިއެވެ.


ދެން ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެފާނުގެ ރަސްކަން މިއަދު މާތްރަސްކަލާނގެ ވީދާ ލައްވައިފި. އިސްރާއީލުގެ ރަސްކަމަށް މިރަށާ އިންވެގެން އޮތް ރަށުން މީހަކު އެކަލާނގެ ހަމަޖައްސަވައިފި. އެއީ ކަލޭގެފާނަށް ވުރެން ރަނގަޅު މީހެއް.


ގަދަކަން ލިބެނީ ކަނޑިއާއި ލޮންސީގެ ބާރަކުން ނޫންކަން މިތަނުގައި މިތިބަ އެންމެންނަށް ވެސް މި އަދު ފެނިގެންދާނެ. މިއީ މާތްރަސްކަލާނގެ ކުރައްވާ ހަނގުރާމައެއް. އެކަލާނގެ އަހަރެމެންނަށް ނަސްރު ދެއްވާނެ. ކަލޭމެން އެންމެން އަހަރެމެންގެ ބާރުގެ ދަށަށް ގެންދަވާނެ.⁠“


ޝާއުލްގެފާނު ދާއޫދަށް ވިދާޅުވިއެވެ. ”⁠މިހިރީ އަހަރެންގެ ދޮށީ ދަރިފުޅު މައިރަބު. ކަލޭ ކައިވެނި ކުރުމަށް އޭނާ ދޭން މިއުޅެނީ. އަހަރެން ކަލޭގެ ކިބައިން ބޭނުން ވާހާ ވެސް ކަމަކީ މާތްކަލާގެއަށް ޓަކައި ކުރަންޖެހޭ ހަނގުރާމަތައް ހިތްވަރާއެކު ކަލޭ ކޮށްދިނުން.⁠“ މިއީ ޝާއުލްގެފާނުގެ ރޭއްވެވުމެކެވެ. އެކަލޭގެފާނު ހިތްޕުޅުގައި އޮތީ މިހެންނެވެ. ”⁠އަހަރެންގެ އަތުން މީނާ މަރައެއް ނުލާނަން. އެކަންތައް ކުރުވާނީ ފިލިސްޠީނުން ލައްވާ.⁠“


އަދި ތިމަންކަލާނގެ ހިތްއެދޭ ގޮތަށް ޚިދުމަތް ކުރާނެ ތެދުވެރި އިމާމަކު ހަމަޖައްސާނަން. އަދި އޭނާގެ އާއިލާ ދަމަހައްޓާނަން. އޭނާ ވާހުށީ ތިމަންކަލާނގެއަށް ޚިދުމަތް ކުރުމުގައި ދެމި ތިބޭނެ ބައެއް ކަމުގައި. އަދި ތިމަން ކަލާނގެ މަތި ކުރާ ވެރިއެއްގެ ޚާދިމުން ކަމަށް.


”⁠ދާއޫދަށް ވުރެން މަނިކުފާނަށް ވަފާތެރި ވާނީ ކާކުތޯ؟ އޭނާ އަކީ މަނިކުފާނުގެ އިސް ހަށިފާރަވެރިޔާ. އަދި މަނިކުފާނުގެ ދަނބި ދަރިފުޅު. އަދި ސިފައިންގެ ލަޝްކަރުގައި އޭނާއަށް ވުރެން އިސް މަޤާމެއްގައި ހުރީ ކާކުތޯ؟


ބައްޕާފުޅާ، ނިކަން ބައްލަވަ މިއޮތީ ކަލޭގެފާނުގެ ހެދުންކޮޅުން އަޅުގަނޑު ކަނޑާފައިވާ އެތިކޮޅެއް. އަޅުގަނޑު ކެނޑީ މި އެތިކޮޅު. އެކަމަކު ކަލޭގެފާނަށް ޣައްދާރުވެ އަވަހާރަ ކޮށެއް ނުލަން. މިހާރު ގަބޫލު ކުރެއްވޭނެ ނޫންތޯ މަނިކުފާނު އަޅުގަނޑު އަތުލައިގަނެ މަރާލަން އުޅުއްވި އިރު ވެސް އަޅުގަނޑު ކަލޭގެފާނަށް ގެއްލުމެއް ދޭން ނޫޅޭކަން.


އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކަލެއަކީ އަހަންނަށް ވުރެން މާ ރަނގަޅު މީހެއް. ކަލޭ އަހަންނާމެދު ކަންތައް ކުރީ ރަނގަޅަށް. އެކަމަކު ކަލެއާ މެދު އަހަރެން ކަންކުރީ އިހާނާތްތެރި ގޮތުގައި.


މިހާރު ކަލޭ ހުވާކޮށްފައި ބުނޭ ކަލޭ އަހަރެންގެ ދަރިފަސްކޮޅު މަރައި އަހަރެންގެ ބައްޕަގެ އާއިލާއިން އަހަރެންގެ ނަން ފޮހެ ނުލާނެ ކަމަށް.⁠“


މީހަކު އައިސް ދާއޫދުގާތު ބުނެއްޕެވެ. ”⁠މާތްރަސްކަލާނގެ ކަލޭގެފާނަށް އެދުވަހަކާ މެދު ވަޢުދު ކުރެއްވި ދުވަސް މިއޮތީ އައިސްފަ. އެކަލާނގެ އެންގެވިއެއް ނޫންތަ ކަލޭގެ އަދާވާތްތެރިންނަށް ކަލޭ ހަދާނެ ގޮތެއް ހެދުމަށް ކަލެއާ ހަވާލު ކުރައްވާނަމޭ.⁠“ ދެން ދާއޫދު ސިއްރު ސިއްރުން ގޮސް ޝާއުލްގެފާނުގެ ހެދުންކޮޅުގެ ފަސްބައިން ތަންކޮޅެއް ކަނޑައިގެން ގެންގޮސްފިއެވެ.


އޭނާ ދާއޫދުގެ ފައިމައްޗަށް ވެއްޓިގެންފައި ބުނެފިއެވެ. ”⁠ސާހިބާ! ތިޔަ ކަމުގެ ހުރިހާ ޒިންމާއެއް އަޅުގަނޑުގެ މައްޗަށް އަޅުވާ. ސާހިބުގެ ޚާދިމާ މި ދަންނަވާ އެއްޗެއް އަޑުއައްސަވާ!


މިތަން ފިލިސްޠީނުންގެ އިސް ވެރިންނަށް ފެނިގެން ބުނެއްޕެވެ. ”⁠މީ ކީއްކުރަން އައިސްތިބި ޢިބްރާނީންގެ ބައެއްތަ؟⁠“ އަޚީޝް ރަސްގެފާނު ވިދާޅުވިއެވެ. ”⁠ތިއީ ދާއޫދު. ކުރީގައި ޝާއުލް ރަސްގެފާނުގެ ކާރީގައި އުޅުނު މީހެއް. މިހާރު އަހަރެންނާ އެކު އުޅޭތާ އަހަރަކަށް ވުރެން ގިނަ ދުވަސް ވެއްޖެ. އެކަލޭގެފާނު ދޫކޮށް އައިސް މިވީހާ ތަނަށް އޭނާގެ ފަރާތަކުން ކުށެއް ފެނިފައެއް ނެތް.⁠“


އެމީހުން ޞިޤްލަޣަށް އައިސްފައި އަތުލައިގަތް މުދަލުން ބައެއް އޭނާގެ އެކުވެރި ޔަހޫޛާގެ ބޮޑުންނަށް ފޮނުވިއެވެ. ”⁠މިއީ މާތްރަސްކަލާނގެ އަދާވާތްތެރިންގެ އަތުން އަތުލައި ގަނެވުނު ތަކެތިން ފޮނުވާ ހަދިޔާއެއް.⁠“ ދާއޫދު ބުންޏެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ